- Advertisement -ad image

ސީރިއާގެ މާރުކޭޓެއްގައި ކާރު ބޮމެއް ގޮއްވާލައި 7 މީހަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ސީރިއާާގެ އުތުރުގެ އަލެޕޯ ޕްރޮވިންސްގެ އިދިކޮޅު ސިޓީއެއް ކަމަށްވާ އަޒާޒްގެ ބިޒީ މާރުކޭޓެއްގައި ކާރު ބޮމެއް ގޮއްވާލައި ހަތް މީހުން މަރުވެ 30 މީހުން ޒަޚަމްވެއްޖެއެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުނީ ހޮނިހިރު ދުވަހުގެ ރޭ ބޮން ގޮއްވާލާފައިވަނީ މިހާރު ކުރިއަށްދާ ރަމަޟާން މަހުގެ ހަރަކާތްތަކުގެ ތެރެއިން ރޯދަ ވީއްލުމަށްފަހު މީހުން ބާޒާރު ކުރަމުން ދަނިކޮށް ކަމަށެވެ.

ސީރިއާގެ ސިވިލް ޑިފެންސް ފޯސް – ވައިޓް ހެލްމެޓްސް އިން ބުނީ ގޮއްވާލާފައިވާ ބޮމުގެ ހަމަލާގައި 30 މީހުން ޒަޚަމްވެފައިވާ ކަމަށާއި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަދި  އެމީހުން އެގައުމުގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ޖަމާއަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ޖަމާއަތުގެ އިބްތިދާއީ ޓެލީއިން ދައްކާ ގޮތުގައި ބޮމުގެ ހަމަލާގައި މަރުވެފައިވަނީ ދެ ކުޑަކުދިންނާއެކު ތިން މީހުން ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

2011 ވަނަ އަހަރުން ފެށިގެން ދާހިލީ ހަނގުރާމައިގެ ހާލަތުގައި އޮތް ސީރިއާ އަކީ ބައިބައިވެފައިވާ ގައުމެކެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވަނީ އޭނާގެ ބައިވެރިން ކަމަށްވާ ރަޝިޔާ، އީރާން އަދި ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އެހީގައި އެގައުމުގެ ތިންބައިކުޅަ ދެބައިގެ ކޮންޓްރޯލް އަލުން ހޯދާފައެވެ. ހުޅަނގު އުތުރު އަދިވެސް އޮތީ އިދިކޮޅު ބާރުތަކުގެ ބާރުގެ ދަށުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ