- Advertisement -ad image

ޓައިވާނަށް އައި ބިންހެލުން: 9 މީހުން މަރުވެ، ޒަހަމްވި މީހުންގެ އަދަދު ހާހަކަށް

ad image

ގުޅުންހުރި ލިޔުންތައް

ޓައިވާނަށް އައި ބާރުގަދަ ބިންހެލުމުގައި ނުވަ މީހުން މަރުވެ، ހާހަކަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އިއްޔެ ހެނދުނު މި ބިންހެލުން އައިސްފައިވަނީ، ފަރުބަދަމަތީ ހުއާލިއަން ކައުންޓީގެ އައްސޭރިފަށުންނެވެ. މި ބިންހެލުމުގެ ސަބަބުން ވެރިރަށް ޓައިޕޭގެ 150 ކިލޯމީޓަރު (93 މޭލު) ދުރުގައި ހުރި މުސްކުޅި އިމާރާތްތައް ވެއްޓި، އާފްޓާޝޮކްތަކާ އެކު ސްކޫލްތަކުން ވަނީ ކުޅިވަރު ދަނޑުތަކަށް ދަރިވަރުން ބަދަލުކޮށްފަ އެވެ.

ހުއާލިއަންގައި މީހުން ސަލާމަތްކުރާ މީހުން ނުކުމެ ތާށިވެފައި ތިބި މީހުން ހޯދުމާއި ހަލާކުވެފައިވާ އިމާރާތްތައް ހަމައަކަށް އެޅުމަށް އެކްސްކަވޭޓަރު ތައް ދަނީ ބޭނުންކުރަމުންނެވެ. ގެއްލުނު މީހުންނާއި ތާށިވެފައި ތިބި މީހުންގެ އަދަދު އުފުލިގެން ދިޔައީ ކަމާބެހޭ ފަރާތްތަކަށް އިތުރު މައްސަލަތަކެއް ދިމާވެފައިވާކަން އެނގުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކުރުމުންނެވެ.

ބިންހެލުމާ ގުޅިގެން އަވަށްޓެރިންނާއި ރެސްކިއު ވޯކަރުން ކުޑަދޮރުތަކުން މަގުމައްޗަށް ކުޑަކުދިން ހިމެނޭ ގޮތަށް މީހުން އުފުލާ މަންޒަރު ޓީވީތަކުން ފެނެ އެވެ. 

ޓައިވާނަށް އާދަޔާ ހިލާފަށް ގިނައިން ބިންހެލުންތައް އަންނަ އިރު، އެ ގައުމަކީ އެކަމަށް އެންމެ ބޮޑަށް ތައްޔާރުވެފައިވާ މީހުން ހިމެނޭ ގައުމެކެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ލަފާކުރީ ކުރިއަށް އޮތްތަނުގައި އަދިވެސް އާދަޔާ ހިލާފަށް ބިންހެލުމެއް އަންނާނެ ކަމަށެވެ. އެންމެ ފަހުން އައި ބިންހެލުމަކީ މިފަދަ ތެޅުމަށް އާދަވެފައިވާ މީހުން ވެސް ބިރުގަންނަ ވަރުގެ ބާރުގަދަ ބިންހެލުމެކެވެ.

ޓައިވާނުގެ ފަޔާ އެޖެންސީން ބުނި ގޮތުގައި ބިންހެލުމުގައި ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ސްޓޭޓް ސެންޓްރަލް ނިއުސް އެޖެންސީން ބުނި ގޮތުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހިލަތައް ފޭބުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޓަރޯކޯ ނޭޝަނަލް ޕާކުގެ ތެރޭގައި 4 މީހުން މަރުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ