- Advertisement -ad image

ސޫދާނުގެ ދާރްފޫރަށް އދ.ގެ ފުރަތަމަ ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފި

ad image

ގުޅުންހުރި ލިޔުންތައް

ސޫދާނުގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ދާރުފޫރު ސަރަޙައްދުގައި ކާބޯތަކެތީގެ ބާވަތްތައް ބަހަން އދއިން ފަށައިފި އެވެ. މި އެހީ ބަހަން ފަށާފައި މިވަނީ ސޫދާނުގެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އެހީ ނުލިބި ކުރިމަތިވެދާނެ ކާރިސާގެ އިންޒާރުތައް ލިބެމުންދާދަނޑިވަޅެއްގައެވެ.

އދގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނީ މާޗް މަހުގެ ފަހުކޮޅު ޗާޑުން ދެ އެހީގެ ގާފިލާއެއް ބޯޑަރު ހުރަސްކޮށް، ގާތްގަނޑަކަށް 250،000 މީހުންނަށް މަސް ދުވަހަށް ބޭނުންވާ ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ އެހީ ހިފައިގެން ގޮސްފައިވާ ކަމަށެވެ.

ޑަބްލިއުއެފްޕީގެ ސޫދާންގެ ތަރުޖަމާނު ލެނީ ކިންޒްލީ ހުކުރު ދުވަހު ވިދާޅުވީ ހުޅަނގު އަދި މެދު ދާރުފޫރުގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ހުކުރު ދުވަހު ދިން މި ޑެލިވަރީއަކީ ސޫދާނުގެ އަސްކަރިއްޔާއަށް ވަފާތެރި އިދާރާތަކުން މިދިޔަ ފެބްރުއަރީ މަހު ހުއްދަ ބާތިލްކުރުމަށްފަހު ޗާޑުން ހިއުމެނިޓޭރިއަން ކޮރިޑޯތައް އަލުން ހުޅުވުމަށް ކުރި ދިގު މަޝްވަރާތަކަކަށްފަހު، ހުޅަނގު ސޫދާންގެ ދާރްފޫރަށް ދިޔަ ޑަބްލިއުއެފްޕީ ކްރޮސް ބޯޑަރ އެއިޑް ގާފިލާތަކެކެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު އަސްކަރިއްޔާގެ ވެރިޔާ އަބްދުލް ފައްތާހު އަލް ބުރުހާން އާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ވެރިޔާ މުހައްމަދު ހަމްދާން “ހެމެޑީ” ދަގަލޯއާ ދެމެދު އުފެދުނު ވާދަވެރިކަން ވަނީ ފާޅުގައި ހަމަނުޖެހުންތަކަކަށް ބަދަލުވެފަ އެވެ.

އދ.ގެ އެހީދޭ އެޖެންސީތަކުން ބުނީ މި ހަނގުރާމައިގެ ސަބަބުން މިހާރު ދުނިޔޭގައި ބަނޑުހައިހޫނުކަމުގެ އެންމެ ބޮޑު އެއް ކާރިސާ ކުރިމަތިވެފައިވާ ކަމަށާއި، ސޫދާންގެ އާބާދީގެ ތިންބައިކުޅަ އެއްބައި ނުވަތަ 18 މިލިއަން މީހުންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ މާޗް މަހު އިންޒާރު ދީފައި ވަނީ، ކުރިއަށް އޮތް މަސްތަކުގައި 222،000 ކުޑަކުދިންގެ އެހީގެ ބޭނުންތައް ވަގުތުން ފުއްދައިނުދީފި ނަމަ، ބަނޑުހައިހޫނުކަމުގެ ސަބަބުން އެކުދިން މަރުވެދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ