- Advertisement -ad image

އީރާނުން ދިން ހަމަލާގެ ކުރިން ސައުދީ އާއި ޔޫއޭއީއިން އިސްރާއީލާއެކު އިންޓެލިޖެންސް ހިއްސާކުރި: ރިޕޯޓް

ad image

ގުޅުންހުރި ލިޔުންތައް

އީރާނުން އިސްރާއީލަށް ދިން ޑްރޯން އަދި މިސައިލް ހަމަލާގެ ކުރިން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން އެމެރިކާ އަދި އިސްރާއިލް އާއި އިންޓެލިޖެންސް ހިއްސާކޮށްފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އީރާނުން އިސްރާއީލަށް ބޮޑެތި ހަމަލާތަކެއް ދީ، 300 އަށް ވުރެ ގިނަ ޑްރޯން އާއި މިސައިލް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން ގިނަ ޑްރޯންތައް ވަނީ ހުއްޓުވައިފަ އެވެ.

މި ހަމަލާ ދީފައި މިވަނީ މިމަހުގެ ކުރީކޮޅު ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލާ އިމާރާތަށް އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ހަތް އޮފިސަރުން ޝަހީދުވުމާ ގުޅިގެންނެވެ.

ޑަބްލިއުއެސްޖޭއިން ބުނި ގޮތުގައި އިޒްރޭލަށް ގާތްގަނޑަކަށް ހުރިހާ ޑްރޯންތަކެއް ހުއްޓުވިފައި ވަނީ ހަމަލާ ދިނުމުގެ ކުރިން އެ ހަމަލާއާ ބެހޭ އިންޓެލިޖެންސް ހުރަސްކޮށް، ހަނގުރާމަމަތީ މަތިންދާ ބޯޓުތަކަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހުޅުވާލައި، ރާޑަރު ޓްރެކިންގެ މައުލޫމާތު ހިއްސާކޮށް، ބައެއް ހާލަތްތަކުގައި އަމިއްލަ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުންނެވެ.

އިޒްރޭލަށް ދިން ހަމަލާގެ ދެ ދުވަސް ކުރިން އީރާނުގެ އޮފިޝަލުން ވަނީ ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކުގެ އޮފިޝަލުންނަށް މައުލޫމާތު ދީ، ވައިގެ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އެ ގައުމުތަކުގެ ރޭވުންތަކުގެ ކުރު ތަފްސީލާއި ވަގުތުދީފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެއަށްފަހު އެ މައުލޫމާތު އެމެރިކާ އާއި އިސްރާއީލަށް ފޯރުކޮށްދީ، އެޑްވާންސް އިންޒާރު ދިނެވެ.

ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލާ އިމާރާތަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު އެމެރިކާގެ އޮފިޝަލުން ވަނީ އީރާނުން އިސްރާއީލަށް ދޭން ރާވާފައިވާ ހަމަލާތަކުގެ އިންޓެލިޖެންސް ހިއްސާ ކުރުމަށް އަރަބި ސަރުކާރުތަކަށް ބާރު އަޅަން ފަށައިފަ އެވެ.

އެކަމާ ގުޅިގެން ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިން ސިއްރުސިއްރުން އިންޓެލިޖެންސް ހިއްސާކޮށްފައިވާއިރު އުރުދުން އިން ބުނެފައި ވަނީ އެމެރިކާ އާއި އެހެން ގައުމުތަކުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން އީރާނުގެ މިސައިލާއި ޑްރޯންތައް ހުއްޓުވުމަށް އެހީތެރިވުމަށް އެ ގައުމުގެ މަތިންދާ ބޯޓުތައް ބޭނުން ކުރާނެ ކަމަށެވެ.

އޭގެ ރައްދުގައި ވައިޓް ހައުސްއިން ޕެންޓަގަންއަށް އަންގާފައިވަނީ މަތިންދާ ބޯޓާއި މިސައިލް ދިފާއީ ވަސީލަތްތައް އަލުން ބެހެއްޓުމަށް ކަމަށް އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޑަބްލިއުއެސްޖޭއާ ވާހަކަ ދެއްކި އޮފިޝަލުން އިތުރަށް ވިދާޅުވީ އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ފޮނުވާލި ވަގުތުން ފެށިގެން، ގަތަރުގައި ހުންނަ އެމެރިކާގެ އޮޕަރޭޝަން ސެންޓަރާ ގުޅިފައިވާ ޕާސިއަން ގަލްފުގެ ގައުމުތަކުގެ އާލީ ވޯނިން ރާޑަރުތަކުން ޓްރެކްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ސެންޓަރުން އެ މައުލޫމާތު އުރުދުން އާއި އެހެނިހެން ގައުމުތަކުގެ މަތިން ވައިގެ ސަރަހައްދުގައި ހުރި ގިނަ ގައުމުތަކުގެ ފައިޓާ ޖެޓްތަކަށާއި، އިޒްރޭލުގެ ކަނޑުމަތީގެ ހަނގުރާމަމަތީ އުޅަނދުތަކަށާއި މިސައިލް ޑިފެންސް ބެޓެރީތަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

މި ހަމަލާގެ ސަބަބުން އިޒްރޭލުން ވައިގެ ބައެއް މަރުކަޒުތަކަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެމެރިކާއިން ވަނީ އަންނަ އާދީއްތަ ދުވަހު ބޮޑެތި ބާރުތަކާ އެކު ޑިޕްލޮމެޓިކް ޖަވާބެއް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ