- Advertisement -ad image

ކުރިކެޓް ބޯޅަ އަކުން ކުރިމަތިފަރާތުގައި ޖެހި 11 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޕޫނޭގައި ރައްޓެހިންނާއެކު ކްރިކެޓް ކުޅެމުން ދަނިކޮށް 11 އަހަރުގެ ކުއްޖެއްގެ ކުރިމަތިފަރާތުގައި ބޯޅައެއް ޖެހި މަރުވެއްޖެ އެވެ.

ޝައުރިޔާ ނަމަކަށް ކިޔާ އެ ކުއްޖާގެ ގައިގާ ބޯޅަ ޖެހުނު މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައިވާއިރު، އެ ވީޑިއޯ މިހާރުވަނީ ވައރަލް ވެފައެވެ.

ވީޑިއޯ އިން ފެންނަގޮތުގައި ޝައުރިޔާ ބޯޅަ އެއްލުމުން ބެޓްސްމަން އެ ބޯޅަ އަނބުރާ ފޮނުވާލީ ސީދާ ޝައުރިޔާއާ ދިމާލަށެވެ. ބާރަށް ފޮނުވާލި އެ ބޯޅަ ޝައުރިޔާގެ ކުރިމަތިފަރާތުގައި ޖެހުމާއެކު އޭނާ ބިންމައްޗަށް ވެއްޓުނު ތަން ވީޑިއޯއިން ފެނެއެވެ.

އެވަގުތު ކުޅެންތިބި ޝައުރިޔާގެ ރަހުމަތްތެރިން ވަގުތުން އޭނާއާ ދިމާއަށް އަވަސްވެގަނެއެވެ. އަދި އޭގެ ތެރެއިން އެކަކު އޭނާއަށް ކުއްލި ފަރުވާދޭން ވެސް މަސައްކަތް ކުރި އެވެ.

ޝައުރިޔާ ކައިރި ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިއުމުން ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

މި މައްސަލަ އެކްސިޑެންޓްގައި މަރުވި މައްސަލައެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ