- Advertisement -ad image

ރަފާހްގައި ދިރިއުޅޭ 600،000 ކުދިންނަށް ރައްކާތެރި ތަނެއް ނެތް: ޔުނިސެފް

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، ރަފަހުގައި އަސްކަރީ ގޮތުން ވަށާލުމާއި ބިންމައްޗަށް އަރައިގަތުމުން، މިހާރު އެ އެންކްލޭވްގައި ބޯހިޔާވަހިކަން ހޯދަމުންދާ 600،000 ކުދިންނަށް ނުރައްކާތަކާއި ކުރިމަތިވާނެ ކަމުގެ އިންޒާރު ޔުނިސެފުން ދީފިއެވެ.

ޔުނިސެފުން ވަނޯ ރަފާހުގައި ގިނަ އަދަދެއްގެ ކުޑަކުދިން ދިރިއުޅޭކަމަށް ބުނެފައެވެ. އަދި ޔުނިސެފުން ވަނީ ކުޑަކުދިންނަށް އިތުރު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދީފައެވެ. އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، ދިރިހުރުމަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އުމްރާނީ ވަސީލަތްތައް ވެސް ނެތިގެން ގޮސްފައިވާކަމަށް ޔުނިސެފުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވީ 200 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގެ ސަބަބުން ކުޑަކުދިންގެ ދިރިއުޅުމަށް ހީވެސް ނުކުރާ ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޔުނިސެފުން ބުނީ ރަފާގެ އެތައް ލައްކަ ކުއްޖަކަށް ނުކުޅެދުންތެރިކަން، ސިއްހީ ހާލަތެއް ތަހައްމަލް ކުރަމުންދާ ކަމަށާއި، އެ ސިޓީގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވާ ކަމަށެވެ.

“ގާތްގަނޑަކަށް 78،000 ކުދިންނަކީ 2 އަހަރުން ދަށުގެ ތުއްތު ކުދިން، އަދި ގާތްގަނޑަކަށް 175،000 ކުދިންނަކީ 5 އަހަރުން ދަށުގެ ކުދިން – އަދި ކޮންމެ 10 ކުއްޖެއްގެ ތެރެއިން 9 ކުއްޖަކީ ގައިންގަޔަށް އަރާ ބަލިތަކުގެ އަސަރު ކުރާ ކުދިން،” ޑރ.ރަސެލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހާއްސަ ނާޒުކުކަން ފާހަގަކޮށް ޔުނިސެފުން ވަނީ ވަގުތުން އަދި ދިގު މުއްދަތަކަށް އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ