- Advertisement -ad image

ޝަވަރުމާއެއް ކެއި 19 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މުމްބާއީގެ ޓްރޮމްބޭ ސަރަހައްދުގައި ހުރި ސްޓޯލަކުން “ޗިކަން ޝަވަރުމާ” އެއް ގަނެގެން ކެއި ކުއްޖަަކު ކާނާ ވިހަވެގެން މަރުވެއްޖެއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ޗިކަން ޝަވަރުމާއެއް ކައިގެން 19 އަހަރުގެ ޕްރަތަމޭޝް ބޯކްސޭ މަރުވުމާ ގުޅިގެން މަގުމަތީގެ ކާބޯތަކެތި ވިއްކާ ދެ މީހުން ކަމަށްވާ އާނަންދު ކަމްބްލޭ އާއި އަހުމަދު ޝެއިހް މުމްބާއީ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ބޯކްސޭ މި ޝަވަރުމާ ކެއި ފަހުން ބަނޑުގައި ރިއްސާތީ ޖެހިގެން އައި ދުވަހު ކައިރީގައި ހުރި މުނިސިޕަލް ހޮސްޕިޓަލަކުން ބޭސްފަރުވާ ކުރުމަށްފަހު، ހާލު ރަނގަޅު ނުވުމުން މި މަހުގެ 05 ވަނަ ދުވަހު ކޭއީއެމް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރު އޭނާ ބެލުމަށް ފަހު ގެއަށް ފޮނުވާލި އެވެ.

ބޭސްފަރުވާގެ އެހީ ދިން ނަމަވެސް، ބޯކްސޭގެ ރަނގަޅުވުމުގެ ރަނގަޅުވުމުގެ އެއްވެސް އަލާމާތެއް ނުފެނި ގޯސްވަމުން ދިއުމުގެ ސަބަބުން، އާދީއްތަ ދުވަހުގެ ރޭ އޭނާ ވަނީ ކޭއީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

އޭނާ އެޑްމިޓް ކުރުމަށްފަހު ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައެވެ. އަދި އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 336 ވަނަ މާއްދާ (އެހެން މީހުންގެ ފުރާނައަށް ނުވަތަ އަމިއްލަ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ކުރުން) އަދި 273 ވަނަ މާއްދާގެ (ނުރައްކާތެރި ކާނާ ނުވަތަ ބުއިން ވިއްކުން) ގެ ދަށުން އާނަންދު ކަމްބްލޭ އާއި އަހުމަދު ޝެއިހްގެ މައްޗަށް އެފްއައިއާރު ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ބުންޏެވެ. 

ޓްރޮމްބޭ ޕޮލިސް ސްޓޭޝަންގެ އޮފިޝަލް ވިދާޅުވީ، ބޮކްސޭމަރުވީ މިދިޔަ ހޯމަ ދުވަހު ކަމަށާއި، އެ ދެ މީހުންގެ މައްޗަށް އައިޕީސީގެ އެކި މާއްދާތަކުގެ ދަށުން ދައުވާ އުފުލާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ