ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި އެ ގައުމުގެ ހާރިޖީ ވަޒީރު އަވަހާރަވެއްޖެ އެވެ.
އެމަނިކުފާނު އަވަހާރަވިކަން އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ވަނީ އިއުލާންކޮށްފައެވެ.
ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިފައިވާއިރު، އޭގެން ދަތުރުކުރި އެކަކުވެސް ސަލާމަތްނުވާކަމަށްވެސް ބުނެފައި ވެއެވެ.
އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރުފުޅު ނިއްމަވައި ރައީސީ އާއި އިތުރުން އެ ގައުމުގެ ހާރިޖީ ވަޒީރު ހުސެން އާމިރު ދަތުރު ކުރަށްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ފަރުބަދަމަތީ ހިސާބަކަށެވެ.