އާދީއްތަ ދުވަހުގެ ނިޔަލަށްހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 267،657 ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގޮސްފިއެވެ.
ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސް (ޖަވާޒަތު) އިން މިއަދު ބުނީ މި އަދަދުގެ ތެރޭގައި ސައުދީ އެއާޕޯޓުތަކާއި ކަނޑުގެ ބަނދަރުތަކާއި އެއްގަމު މަގުން ދިޔަ ހައްޖުވެރިން ވެސް ހިމެނޭ ކަމަށެވެ. ހައްޖުވެރިންގެ ބޮޑު ބައެއް ގޮސްފައިވަނީ ވައިގެ މަގުންނެވެ.
ޖަވާޒަތުން ބުނީ ހައްޖުވެރިން ވާހަކަ ދައްކާ އެކި ބަހުރުވަތަކަށް ކުޅަދާނަ އިންސާނީ ކެޑަރުން ހިންގާ ވަރަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެ ޤައުމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، އެއްގަމާއި ކަނޑުގެ ބަނދަރުތަކުގައި އޮންލައިން ޕްލެޓްފޯމްތައް ހަރުދަނާކޮށް ހައްޖުވެރިން ވަނުމުގެ އިޖުރާއަތްތައް ލުއިކޮށްދިނުމަށްޓަކައި އެ ޖަމިއްޔާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
މަދީނާއަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ހައްޖުވެރިން ދަނީ ފަސޭހަކަމާއި ހިތްހަމަޖެހުމުގައި އަޅުކަން އަދާކުރުމަށްޓަކައި އިންޓަގްރޭޓެޑް އަދި އެކްސެސިބަލް ސިސްޓަމެއްގެ ތެރެއިންނެވެ.
ހުސްވި އަހަރުވެސް 1.84 މިލިޔަން މީހުން ވަނީ މައްކާއަށް ޖަމާވެ ހައްޖުގެ މާތް އަޅުކަން އަދާކޮށްފައެވެ.
މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވަނަ ދުވަހަށެވެ.