test
- Advertisement -ad image

ސަލްމާން ރަސްގެފާނު ދެއްވާ ޙައްޖުވުމުގެ 1000 ފުރުސަތު މިއަހަރު ފަލަސްތީނަށް

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ދެއްވާ ހައްޖުވުމުގެ 2،000 އަށް ވުރެ ގިނަ ފުރުސަތުގެ ތެރެއިން މިއަހަރު ފަލަސްތީނުގެ 1000 އާއިލާއަކަށް ފުރުސަތު ދެއްވަން ނިންމަވައިފި އެވެ.

އަރަބް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރު ރަސްގެފާނު ވަނީ 2،322 މީހުންނަށް އެ ފުރުސަތު ދެއްވަން ނިންމަވާފައެވެ. އޭގެތެރޭގައި އިސްރާއިލުގެ އަނިޔާވެރިކަމުގައި ޝަހީދުވެ އަދި ޒަޙަމްވި އާއިލާތަކާއި، އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ރައްޔިތުންގެ އާއިލާތައް ވެސް ހިމެނެއެވެ.

މިއަހަރު ރަސްގެފާނު ވަނީ 88 ޤައުމަކުން 1300 ފަރާތަކުން ހައްޖުގެ ފުރުސަތު ދެއްވާފައެވެ. އަދި ރަސްގެފާނުގެ އެހީގައި ސާޖަރީކޮށް ވަކިކޮށްފައިވާ، އެއް ހަށިގަނޑަކުން ގުޅިފައިވި ނައިޖީރިއާ އަށް ނިސްބަތްވާ ދެކުދިންގެ އާއިލާގެ 22 މީހަކު ވެސް ހައްޖުގެ އަޅުކަމަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  

މީގެ 26 އަހަރު ކުރިން ސައުދީ ރަސްގެފާނު ފެއްޓެވި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ