މެކްސިކޯގެ ގައުމީ އިންތިޚާބުގައި އެ ޤައުމުގެ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ކްލައުޑިއާ ޝެއިންބައުމަށް އިންތިހާބުގައި ބޮޑު ލީޑެއް ލިބި، އެ ގައުމުގެ ފުރަތަމަ އަންހެން ރައީސާއަށް ވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މެކްސިކޯގައި 2000 ވަނަ އަހަރު ބޭއްވި ޑިމޮކްރެޓިކް އިންތިހާބާ ހަމައަށް ހަތް އަހަރު ވަންދެން ވެރިކަން ކުރި އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރްއައި) އާއި ކަނާތު ފިޔައިގެ ޕެން އަދި ވާތުފިޔައިގެ ޕީއާރްޑީ ޕާޓީ ހިމެނޭ އިދިކޮޅު އިއްތިހާދުގެ އެންމެ ގާތުން ވާދަކުރެއްވި ޒޫޗިޓްލް ގަލްވޭޒްއަށް ވުރެ ޝީންބައުމް އޮތީ ގާތްގަނޑަކަށް 20 ޕަސެންޓް ކުރީގައި އެވެ.
އިއްޔެ ޝެއިންބައުމް ބުނީ މިއީ ތާރީހީ ދުވަހެއް ކަމަށާއި ވޯޓުލާން ދިޔައިރު ހިތްހަމަޖެހުން އިހުސާސް ކުރެވުނު ކަމަށެވެ.
މެކްސިކޯގެ ޑިމޮކްރަސީއަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހަނގުރާމަވެރިންގެ ނުރައްކާ އޮތްކަމުގެ ކަންބޮޑުވުންތައް އޮތްއިރު، ކެމްޕެއިންގެ ތެރޭގައި 38 ކެނޑިޑޭޓުން ވަނީ މަރުވެފައެވެ.
މެކްސިކޯ ޔުނައިޓެޑް އެގެއިންސްޓް ކްރައިމްގެ އެގްޒެކެޓިވް ޑިރެކްޓަރު ލީސާ ސަންޗޭޒް ވިދާޅުވީ މި އިންތިހާބީ މަރުހަލާ އަކީ އެންމެ ހަރުކަށި މަރުހަލާ ކަމަށެވެ.