test
- Advertisement -ad image

ސައުދީއަށް ހަނދު ފެނުމުން ހައްޖު ދުވަސް އަވަސް ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމުން މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.
ސައުދީއަށް ހައްޖު މަހުގެ ހަނދު ފެނިފައިވާކަން ސައުދީގެ ހަރަމައިން ވަނީ އިއުލާނުކޮށްފައެވެ.

މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެގައުމުން ކަނޑައެޅުމާއިއެކީ، ދިވެހި ކަލަންޑަރުގައިވާ ގޮތަށްވުރެ އެއް ދުވަސް ކުރިއަށް ހައްޖު ދުވަސް ވަނީ ޖެހިފައެވެ.

ކަލަންޑަރުގައިވާ ގޮޮތުން ނަމަ، ހައްޖު ދުވަހުގެ ފުރަތަމަ ދުވަހަށް ވާނީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ. ނަމަވެސް މިހާރު ހައްޖު ދުވަސް ވާނީ 15 ވާ ހޮނިހިރު ދުވަހަށެވެ. އަދި މީގެ ކުރިން އަޟްހާ އީދު ދުވަހަކީ 17 ވާ ހޯމަ ދުވަސް ކަމަށް ނިންމި ނަމަވެސް ދެން އީދު ދުވަސް ވާނީ 16 ވާ އާދިއްތަ ދުވަހަށެވެ.
ސައުދީ ސަރުކާރުން ހައްޖު ދުވަސް އިއުލާނު ކުރުމާއި ގުޅިގެން ރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސްކަމަށާއި، ޢަރަފާތު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޙައްޖުދުވަސް އަވަހެއްނުވޭ! 2024 އަށް ރާއްޖެއިން ނެރެފައިވާ ކަލަންޑަރު ވަނީ ނުބައިކޮށް ހެދިފައެވެ، މީގެ ފަނަރަ އަހަރުކުރިން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އެތައްޤަރުނަކަށް ދެމިގެންދާގޮތަށް ހަދާފައިވާ، ކަލަންޑަރެއް، ބައެއް ފޯނުތަކުގައި ވާނެ، އެކަލަންޑަރު ބަރާބަރަށް ދިމާވާނެ. އެކަލަންޑަރު ހެދިފައިވަނީ ދިވެހިޖައްވުގައި ހިމެނޭ ކަލަންޑަރަށް ބޭނުންވާހުރިހައި މަޢުލޫމާތެއް ހިމަނާފައެވެ. އެއީ ރައިސްއޮފީހުގެ މާލިމީ ހައްދަވާފައިވާ ކަލަންޑަރެކެވެ. އެކަލަންޑަރު މިހާރުވެސް ގިނަފޯނުތަކުން ގެންދަނީ ބޭނުންކުރަމުންނެވެ. ދައުލަތުގެ އަރުޝީފުން މިހާރުވެސް ލިބެންހުންނާނެ! ޒިންމާދާރު ނޫހަކަށް ވޭތޯ މަސައްކަތް ކުރައްވާ!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ