test
- Advertisement -ad image

ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ސިޓީއަކަށް ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މޮސްކޯ – ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ލުގަންސްކަށް ހުކުރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި ތިން މީހަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފި އެވެ.

އިރުމަތީ ލުގަންސްކް ސަރަހައްދަކީ ގާތްގަނޑަކަށް މުޅިން ވެސް ރަޝިއާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. އަދި ލުގަންސްކް ގެ ނަމުން ނަން ދީފައިވާ މައި ސިޓީއަށް “ބޮޑު” މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އެ ސިޓީގެ ރަޝިއާ އިން ކަނޑައަޅާފައިވާ ވެރިޔާ ލިއޮނިޑް ޕަސެޗްނިކް ވަނީ ވިދާޅުވެފައެވެ.

އިމަޖެންސީ ސިޗުއޭޝަންސް މިނިސްޓްރީން ބުނީ މި ހަމަލާގައި އެޕާޓްމަންޓް ބްލޮކެއްގެ ބައެއް ވެއްޓިފައިވާ ކަމަށެވެ. އަދި ތިން މީހުން މަރުވިއިރު އެ ސަރަހައްދުން ސަލާމަތްވި ހަތް މީހުން ކުނިތަކުގެ ތެރެއިން ނެގި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން ފަސް ބުރީގެ ފްލެޓްތަކުގެ ބްލޮކެއްގައި ފުރާޅުން ފެށިގެން ބިމާ ހަމައަށް ފަޅި ފަޅައިގެން ގޮސް، ބިމުގައި އަޑިގުޑަންގަނޑެއް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުކޮށްފަ އެވެ.

ސަރަހައްދީ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ސަރަހައްދީ ސަރުކާރުން ޓެލެގްރާމްގައި ބުނީ 35 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި 8 އަހަރާއި 16 އަހަރާ ދެމެދުގެ ތިން ކުއްޖަކު ހިމެނޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ