ޖެރީކޯ – ޖެރީކޯގެ ދެކުނުގައި އޮންނަ އަކަބަތު ޖަބްރް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ ވަދެ ފަލަސްތީނުގެ 11 މީހަކު ޒަހަމްކޮށްލައިފިއެވެ.
ވަފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތިޔާރު އެޅި އިސްރާއީލު ސިފައިން އަކަބަތު ޖަބްރުގެ ބައެއް ގެތަކަށް ވަދެ ބަލައި ފާސްކުރުމުގެ ކެމްޕެއިނެއް ހިންގައި، އެ މީހުން ވަނީ އެސަރަހައްދުގެ ރައްޔިތުންނަށް އަނިޔާކޮށް ގޯނާކޮށްފައެވެ.
މި ރެއިޑްގައި ސިފައިން ވަނީ އާންމުންނަށް ބިރުދެއްކުމުގެ ގޮތުން ލައިވް ބުލެޓާއި ސްޓަން ގްރެނޭޑް ވެސް ފޮނުވާފައެވެ. އަދި ގޭތަކުގެ ތެރޭގައި އަޑުގަދަކޮށް، ވެހިކަލްތަކަށް ވެސް ގެއްލުން ދީފައިވެ އެވެ.
ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި އިސްރާއީލު ސިފައިން ވަނީ މި އޮޕަރޭޝަންގައި ކޭމްޕުގައި ތިބި ފަލަސްތީނުގެ ދެ އާއިލާއެއްގެ މީހުންނަށް ރައިފަލް ބަޓުން ހަމަލާދީ މާރާމާރީ ހިންގާފަ އެވެ.
އައިން އަލް ސުލްތާން ކޭމްޕާއި އަލް ދުޔުކް އަލް ތަހުތާ އަދި އަކަބަތު ޖަބްރުގައި ވެސް ސިފައިން ވަނީ ފުޅާ ދާއިރާއެއްގައި އިންސްޕެކްޝަން ކެމްޕޭނެއް ހިންގައި، ފަހުން އެ މީހުން ދޫކޮށްލުމުގެ ކުރިން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަށާލައިފައިވެއެވެ.