test
- Advertisement -ad image

ރަޖިސްޓްރީ ނުކުރާ ތިން ލައްކައަށްވުރެ ގިނަ ހައްޖުވެރިން މައްކާއިން ބާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އަންނަ ހަފުތާގައި ފަށާ ހައްޖުގެ އަޅުކަމުގެ ކުރިން ސަލާމަތީ ބާރުތަކުން ރަޖިސްޓްރީ ނުކޮށް ތިބި އެތައް ހާސް ބަޔަކު މައްކާއިން ހުސްކޮށްފައިވާ ކަމަށް ބުނެފިއެވެ.

މިދިޔަ އަހަރު 1.8 މިލިއަނަށް ވުރެ ގިނަ މުސްލިމުން ބައިވެރިވި އިސްލާމްދީނުގެ ފަސް ތަނބުގެ ތެރޭގައި ހިމެނޭ އަހަރީ ހައްޖުގެ އަޅުކަމުގައި ކްރައުޑް މެނޭޖްކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ރަސްމީ އިދާރާތަކުން ވަނީ ބުނެފައެވެ.

ސައުދީގެ ރަސްމީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ މައްކާއަށް ހައްޖު ވިސާގެ ބަދަލުގައި ޓޫރިސްޓް ވިސާގައި ޤައުމުން ބޭރުން ދަތުރުކުރި 153،998 ބިދޭސީން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ނަމަވެސް މައްކާއަށް ނިސްބަތްނުވާ އަދި ހައްޖުގެ ހުއްދަ ނެތް 171،587 މީހަކު ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ކަމަށް އެސްޕީއޭ އިން ބުންޏެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ޙައްޖުގެ އަޅުކަމަކީ ހުރިހާ މުސްލިމުންވެސް ކުޅަދާނަކަން ހުރިނަމަ އުމުރުގައި މަދުވެގެން އެއްފަހަރު އަދާކުރަންޖެހޭ އަޅުކަމެކެވެ.

ކޮންމެ ގައުމަކުން ވެސް ހައްޖަށް ދާ މީހުންނަށް ލިމިޓެޑް ކޯޓާއެއް އޮތުމުން ރަސްމީ ހުއްދައާއި ޓްރެވަލް ޕެކޭޖްތައް ހޯދުމަކީ ވަރަށް ހަރަދު ބޮޑު ކަމަކަށް ވެދާނެތީ ނުރަސްމީ ޗެނަލްތައް މެދުވެރިކޮށް ޙައްޖުގެ ކަންކަން ނިންމުމަށް ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ.

މައްކާ ރީޖަނަލް އޮތޯރިޓީން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ 1.3 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ