test
- Advertisement -ad image

ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ޙައްޖު މީޑިއާ ފޯރަމް މައްކާގައި ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ރިޔާދް – ސައުދީ އަރަބިއްޔާގައި ހައްޖު މޫސުން ފެށުމާއެކު ފުރަތަމަ ހައްޖު މީޑިއާ ފޯރަމް މައްކާގައި ފަށައިފި އެވެ.

އިންފޮމޭޝަން މިނިސްޓަރު ސަލްމާން ބިން ޔޫސުފް އަލް ދޯސާރީ އިފްތިތާހުކޮށްދެއްވި މި ފޯރަމްގެ މަގްސަދަކީ ހައްޖު މޫސުމުގައި ނޫސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ އިންޓަގްރޭޓެޑް މީޑިއާ މާހައުލެއް ހޯދައިދިނުމެވެ.

މިއީ މީޑިއާ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އާއި ރަހްމާން ސާވިސް ޕްރޮގްރާމްގެ މެހެމާނުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި މިއީ މީގެ ތިން މަސް ކުރިން ސައުދީ މީޑިއާ ފޯރަމްގެ ތިން ވަނަ އެޑިޝަންގައި އަލް-ދޯސާރީ އިއުލާނު ކުރި މީޑިއާ ޓްރާންސްފޯމޭޝަން މަސައްކަތްތަކުގެ މައިގަނޑު އެއް ބައެވެ.

“ހައްޖު މީޑިއާ ފޯރަމް” ގެ ސަބަބުން ސައުދީގެ 150 އަށް ވުރެ ގިނަ ލޯކަލްް، އަރަބި، އިސްލާމީ އަދި ބައިނަލްއަގުވާމީ މީޑިއާތަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،500 އަށް ވުރެ ގިނަ ނޫސްވެރިންނަށް ފައިދާ ކުރާނެ ކަމަށް ބެލެވެ އެވެ.

މި ފޯރަމްގައި ސަޕޯޓިވް މީޑިއާގެ 11 ދާއިރާއަކާއި އިންޓަރެކްޓިވް މީޑިއާ އެގްޒިބިޝަނަކާއި ޕްރެސް ކޮންފަރެންސްތައް ބާއްވާނެ ތަނަކާއި ކޮމްޕްރިހެންސިވް މީޑިއާ ސެންޓަރެއް ހިމެނެ އެވެ.

އަންނަ ހޮނިހިރު ދުވަހާއި ދިމާވާަ އަރަފާތުގެ މުހިންމު ދުވަހާ ދިމާކޮށް ގިނަ އަދަދެއްގެ ހައްޖުވެރިން ދަނީ ސައުދީއަށް ދަތުރުކުރަމުންނެވެ.

ކޮންމެ އަހަރަކު އޮންނަ ޙައްޖުގެ އަޅުކަމަކީ ސައުދީގެ އަދި ބައިނަލްއަގްވާމީ މީޑިއާތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ރިޕޯޓްކުރާ އަޅުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ