test
- Advertisement -ad image

މައްކާގެ ވަށައިގެންވާ ސަރަހައްދުތަކުގެ ސަލާމަތީ ބާރުތައް ވަރުގަދަ ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ އަހަރީ ހައްޖުގެ އަޅުކަމުގައި ސަލާމަތާއި އަމަން އަމާންކަމަށް ބުރޫ އަރާފަދަ ކޮންމެ ކަމެއްގައި ވެސް ސަލާމަތީ ބާރުތަކުން ތައްޔާރަށް ތިބި ކަމަށް ސައުދި އަރަބިޔާގެ ޑިރެކްޓާ އޮފް ޕަބްލިކް ސެކިއުރިޓީ އަދި ހައްޖު ސެކިއުރިޓީ ކޮމިޓީގެ ހެޑް ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ބިން އަބްދުالله އަލް ބައްސާމީ ވިދާޅުވެއްޖެ އެވެ.

ޙައްޖުގެ ސަލާމަތީ ފިޔަވަޅުތަކުގެ ތަފްޞީލު ދެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލް ބައްސާމީވިދާޅުވީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހުރިހާ ޢަމަލެއް ސަލާމަތީ ބާރުތަކުން ހުއްޓުވާނެކަމަށް ވިދާޅުވިއެވެ.

އަދި ސަލާމަތީ ބާރުތަކުން 24 ގަޑިއިރު ހަރަކާތްތެރިވަމުން ދަނީ އަމާންކަން ކަށަވަރުކުރުމަށާއި ގަވާއިދާ ހިލާފުވާ ނަމަ ވަގުތުން ވަގުތަށް ހައްލު ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.ީ

ހައްޖު ކެމްޕެއިންގެ ދަށުން މިހާތަނަށް ހިޔާނާތާއި ގުޅިގެންް 140 މީހަކާއި، “ހުއްދަނެތި ހައްޖު” އާ ގުޅޭ ގަވާއިދުތަކާ ހިލާފުވެގެން 4032 މީހެއް ވަނީ އަތުލައިގެންފައެވެ. މީ އިތުރުން ރަޖިސްޓްރީ ނުކުރާ 171،587 މީހުން ވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

އަލްބައްސާމީ ވިދާޅުވީ ހައްޖާއި އުމްރާއަށް ދާ ހުރިހާ ފަރާތްތަކަށާއި މާތްވެގެންވާ ދެ ހަރަމަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ސައުދީން މަރުހަބާ ކިޔާ ކަމަށެވެ.

މައްކާގައި ބޭއްވި ކޮންފަރެންސްގައި އޭނާ ވިދާޅުވީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން ކުރިއަށް ގެންދެވޭނެ ގޮތަށް ސެކިއުރިޓީ ޕްލޭންތައް އެކުލަވާލާފައިވާ ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާއާއި ޙައްޖުވެރިންނާއި މާތްވެގެންވާ ތަންތަނަކީ ރަތް ރޮނގެއްކަމަށް އޭނާ ވަނީ ކަނޑައަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ