- Advertisement -ad image

ޔޫރަޕްގެ ގައުމުތަކުގެ އެއާޕޯޓާއި ފްލައިޓުތަކުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ އެއާޕޯޓުތަކާއި ފްލައިޓުތަކުގައި މާސްކު ނާޅާ އުޅުމުގެ ހުއްދަ ދޭން ތައްޔާރު ވެއްޖެ އެވެ.

އީޔޫ އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީއޭއެސްއޭ) އިން ބުނީ ކޯވިޑާއި ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ ހޯމަ ދުވަހުން ފެށިގެން މާސްކު ނާޅާ އެތަންތަނުގައި އުޅެވޭނެ ކަމަށެވެ. މި ނިންމުމަކީ އީޔޫގެ ގައުމުތަކުގައި ކޯވިޑާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަށް ލުއި ދިނުމުން ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.

މާސްކު ނާޅާ އުޅުމުގެ ހުއްދަ ދިން ދިން ނަމަވެސް ގައިގަން ގަޔަށް އަރާ ކޯވިޑް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ފަރުދީގޮތުން ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި މަޖުބޫރު ނޫން ނަމަވެސް މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކުގައި މިގޮތަށް ނިންމި އިރު އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެއާލައިންތަކުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން މީގެ ކުރިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އީއޭއެސްއޭގެ ނިންމުމަށް އެއާލައިންތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ