- Advertisement -ad image

ރެކޯރޑް އަދަދަކަށް ފުށުގެ އަގު އުފުލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާއިން އެހެން ގައުމުތަކަށް ފުށް ބޭރު ކުރުން ހުއްޓާލުމާއި ގުޅިގެން ރެކޯރޑް އަދަދަކަށް ފުށުގެ އަގު އުފުލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. އިންޑިއާ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ގައުމުތަކުގެ ތަކެތީގެ އަގު މަތިވަމުންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މިސަބަބާ ގުޅިގެން ކުރިއަށް އޮތްތަނުގައި 5.9 އިންސައްތައަށް ފުށުގެ އަގު އުފުލި ހޯމަ ދުވަހު ޝިކާގޯއިން 17.6 ލީޓަރުގެ ފުށް ލިބިފައިވަނީ 12.68 އެމެރިކާ ޑޮލަރަށެވެ. ޔޫރަޕް މާރކެޓްގައި ޓަނެއް އުޅެނީ 436.25 ޔޫރޯއަށެވެ. މިއީ ދުވާލެއްގެ މައްޗަށް 4.68 އިންސައްތައިގެ މަތިވުމެކެވެ.

ކާބޯތަކެތީގެ ބާވަތްތަކުން މިއަހަރު 60 އިންސައްތައަށް އަގުތައް އުފުލެން މެދުވެރިވެފައިވާ ސަބަބުތަކުގެ ތެރޭގައި ރަޝިޔާ ޔޫކެރެއިން ހަނގުރާމަވެސް ހިމެނެއެވެ.

އިންޑިއާއިން ގޮދަށް ފުށް އެކްސްޕޯޓް ކުރުން މަނާ ކުރި ނަމަވެސް އަވައްޓެރި ގައުމުތަކާއި ފަގީރު ގައުމުތަކަށް ފުށް އެކްސްޕޯޓްކުރުން ހުއްޓައިނުލާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ. އަދި އިންޑިއާގައި އަމިއްލަ ބޭނުމަށާއި އަވައްޓެރި އަދި ބޭނުން ޖެހިފައިވާ ގައުމުތަކަށްވާ ވަރަށް ގޮދަން ހުރި ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ