- Advertisement -ad image

އިގްތިސާދު ރަނގަޅުކުރަން ފައިސާ ޗާޕްކުރުމަށް ލަންކާ ސަރުކާރުން ނިންމައިފި 

ad image

ގުޅުންހުރި ލިޔުންތައް

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބޮޑު އަޑިގަނޑުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބްކުރައްވަމުން އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ކުރިއަށް އޮތީ ވެސް ވަރަށް ދަތި އުނދަގޫ މަސްތަކެެއް ކަމަށެވެ. އެހެންކަމުން މި ދުވަސްތަކުން އަރައިގަތުމަށް ފުރަތަމަ ކަމަކަށް އިނދަޖެހިފައިވާ ލަންކާގެ ޤައުމީ އެއާލައިން ވިއްކާލަން ނިންލާފައިވާކަން ރަނިލް ވަނީ ހާމަ ކުރައްވާފަ އެވެ.

މީގެއިތުރުން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފައިސާ ޗާޕްކުރަން ނިންމާފައިވާކަމަށްވެސް ރަނިލް ވަނީ ވިދާޅުވެފަ އެވެ. ރަނިލްގެ ވާހަކަފުޅުގައި ވަނީ ލަންކާ 124 މިލިޔަން ޑޮލަރުން ދަރަނިވެރި ވެފަކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން ލަންކާއިން ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި އެންމެ އަސާސީ ތަކެތި ގަންނަން ވެސް ޑޮލަރު ހޯދަން ދަތިވެފައިވާ ކަމަށް އާ ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ރަނިލް ވިދާޅުވީ ވެރިރަށް ކޮލަމްބޯގެ ބޭރުގައި ތެޔޮ ބޯޓުތައް މިހާރު ވެސް ބަނދަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ތެޔޮ ބޭލުމުގެ ކުރިން ދައްކަންޖެހޭ ފައިސާ އަށް ބޭނުންވާ ޑޮލަރު ސަރުކާރަށް ހަމަނުޖެހުނު ވަނީ ވިދާލުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ