- Advertisement -ad image

ލަންކާގެ ދަަނޑުވެރިން ގޮވާން ހެއްދުން ހުއްޓާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގެ ސަރުކާރުން ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލް ފާރޓިލައިޒަރ މަނާކުރުމުން އެ ޤައުމުގެ ދަނޑުވެރިންގެ ދަނޑުތައް މަރުވެ، ގޮވާން ހެއްދުން ހުއްޓިއްޖެ އެވެ.

ދަނޑުވެރިކަމުންް އާމްދަނީ ހޯދަމުންދާ އެގައުމުގެ ދަނޑުވެރިއެއް ކަމަށްވާ 49 އަހަރުގެ މަހިންދަ ސަމަރަވިކެރަމަ ބުނިގޮތުގައި މީގެ ސަބަބުން މާރޗް މަހު އޭނާގެ ހަނޑޫ ދަނޑުތަކުން ލިބުނީ ވަރަށް ކުޑަ އާމްދަނީ އެކެވެ. އަދި ދޮންކެޔޮ ފާތައް އެއްކޮށް ހަލާކުވެގެން ގޮސްފައިވާކަމށް ވެސް ވަނީ ބުނެފަ އެވެ.

މިއީ ލިބުނު ބޮޑު ގެއްލުމެއްކަން ފާހަގަކޮށް ސަމަރަވިކެރަމަ ބުނީ ދަނޑުވެރިކަން ކުރުމުގެ ބޭނުމެއް މިހާރު ނެތްކަމަށެވެ.

ސަމަރަވިކެރަމަ ބުނިގޮތުން އަހަރުގެ މިހާ ހިސާބަށް ދާއިރު ދޮންކެޔޮ ގަސްތައް ހެދޭވަރަށް ގާތަށް ވެސް މި ފަހަރު ގަސްތައް ހެދިފައެއް ނުވެއެވެ. އަދި ގަސްތަކުގައި ފަންގަސް އަޅާ މަރުވާން ފަށާފައިވާކަމަށް ވަނީ ބުނެފަ އެވެ.

އެ ގައުމުގެ ދަނޑުވެރިން މިހާރު ގޮވާން ހައްދަނީ އަމިއްލަ އާއިލާއަށް ކެވޭވަރަށް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ