- Advertisement -ad image

އިންޑިޔާގެ ހޫނުމިން ސަތޭކަގުނަ މައްޗަށް

ad image

ގުޅުންހުރި ލިޔުންތައް

މިހާރު ކުރިމަތި ވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން އިންޑިޔާ އަދި ޕާކިސްތާނުގެ ހޫނުމިން ސަތޭކަގުނަ މަތިވެދާނެކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

ދާދިފަހުން ސައިންސްވެރިން ހޯދި ހޯދުންތަކުން ބުނާގޮތުގައި މީގެކުރިން މިގޮތަށް ހޫނުގަދަވަނީ، ތިން ގަރުނުން އެއް ފަހަރު ވިޔަސް މިހާރު ތިން އަހަރުގެ ތެރޭގައި ކުރާ ހޫނުގެ މިންވަރު ސަތޭކަގުނަ މަތިވާކަމަށެވެ.

އިންޑިޔާ ސަރަހއްދަށް މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. އެގޮތުން އއ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ހުސްވި އާދިއްތަ ދުވަހު ހޫނުމިން ހުރީ 49 ޑިގްރީގަ އެވެ. މިއީ އެގައުމަށް މިފަހަކަށް އައިސް އެންމެ ހޫނުގަދަވި އެއް ދުވަހެވެ. އަދި ޕާކިސްތާނުގައި އެންމެ ހޫނު ގަދަވާއިރު 51 ޑިގްރީއަށް ހޫނުވާކަމަށް ވަނީ ރެކޯޑް ކުރެވިފަ އެވެ. މީގެ ސަބަބުން އެ ދެ ޤައުމުން އެތައް މިލިޔަން މީހުންގެ ދަނޑުތައް ހަލާކުވެ، ފެނަށްޖެހި އަދި ކަރަންޓުގެ މައްސަލަތަކާއި ދަނީ ކުރިމަތިލަމުންނެވެ.

މޫސުމާއި ބެހޭ ސައިންސްވެރިން ވަނީ މި ގަދަ ހޫނުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާ ދިރުންތަކަށް ގެއްލުން ލިބިދާނެކަމުގެ އިންޒާރު ދީފަ އެވެ.

މީގެ އެހެން ދިރާސާއަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު ޖަޕާނުގައި ބޯކޮށް ވާރޭވެހި އުފެދުނު ތޫފާން ހާގިބިސް އަކީ މިގޮަތަށް ދުނިޔެ ހޫނުވުމުގެ ސަބަބުން އުފެދުނު ތޫފާނެއްކަން 67 އިންސައްތައަަށް ޔަގީންވެފަ އެވެ. ހަމައެހެންމެ، ސައުތުއެފްރިކާ، ޔޫރަޕްގައި ފެންބޮޑުވުމާއި، ނޯތް އެމެރިކާ އަދި ސައުތު އީސްޓް އެފްރިކާއަށް ކުރިމަތިވި ހީޓް ވޭވެސްއަކީ ވެސް މިކަމުގެ އިންޒާރެއް ކަމަށްވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ