- Advertisement -ad image

މަންކީޕޮކްސް ހަލުވިކަމާއެކު ފެތުރެނީ

ad image

ގުޅުންހުރި ލިޔުންތައް

ނުރަައްކާތެރި ވައިރަހެއް ކަމަށްވާ މަންކީޕޮކްސް ޔޫރަޕްގައި ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.

މިހާތަނަށް ޔޫރަޕްގެ 11 ޤައުމަކުން ވަނީ މި ވައިރަސް ފެނިގެން ރިޕޯޓް ކޮށްފަ އެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ، ސްޕެއިންއަދި އެފްރިކާ ފަދަ ޤައުމުތައް ހިމެނެ އެވެ. މީގެތެރެއިން ވެސް ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ ސެންޓްރަލް އަދި ވެސްޓް އެފްރިކާގަ އެވެ.

މަންކީޕޮކްސް އަކީ އާއްމުކޮށް ނުފެންނަ ވައްތަރެއްގެ އިންފެކްޝަން އެކެވެ. އަދި ރަނގަޅަށް ފަރުވާކުރެވިއްޖެ ނަމަ ދެތިން ހަފްތާގެ ތެރޭގައި ބަލިން ރަނގަޅުވާ ކަމަށް އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތް ސާރވިސްއިން ވަނީ ބުނެފަ އެވެ.

މަންކީޕޮކްސް އަށް އަދި ވެކްސިނެއް އުފެއްދިފައެެއް ނުވެއެވެ. އެހެންނަމަވެސް ސްމޯޕްޕޮކްސް ވެކްސިނުން މި ވައިރަހުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބެއެވެ.

މި ބަލީގެ ފުރަތަމަ ކޭސް ފެނިފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އަދި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100އަށް އަރާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ