- Advertisement -ad image

މަންކީޕޮކްސް ކޭސްތަކުގެ އަދަދު ސަތޭކަ އާއި ގާތަށް

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔެއިން މިހާތަނަށް ފެނުނު މަންކީޕޮކްސް ކޭސްތަކުގެ އަދަދު 92އަށް އަރާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން އާއްމުކުރި ތަފާސްހިސާބުގައި ވާގޮތުން މިހާތަނަށް ވަނީ 12 ޤައުމަކުން މަންކީޕޮކްސް ކޭސްތައް ފެނިފަ އެވެ. މިހާރު ފެނިފައިވާ މި ވައިރަހުގެ 92 ކޭސްގެ އިތުރުން ބަލި އަދި ދެނެގަނެވޭ 28 ކޭސް ވެސް ވަނީ ފެނިފަ އެވެ.

މިހާތަނަށް މަންކީ ޕޮކްސްގެ އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން ފެނިފައިވާ ކޭސްތަަކުގެ އަދަދު ވަނީ 36އަށް އަރާަފަ އެވެ.

މަންކީޕޮކްސް އަދި ޕެންޑަމިކްއެއްގެ ގޮތުަގައި އަދި ކަނޑައަޅާފަ އެެއް ނުވެއެވެ. އަދި މިއީ ބޮޑުވަރުވާ ވައިރަހެއް ނޫންކަމަށާއި ދެ ހަފްތާ ވަރު ތެރޭގައި ބަލި ރަނގަޅު ވާކަމަށްވެސް ސިއްހަތު ޖަމިއްޔާއިން ބުނެއެވެ. މި ވައިރަހަށް އަދި ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ