- Advertisement -ad image

އަވަހާރަކޮށްލި ކާނަލްއަށް ދިން ހަމަލާގައި ބަދަލު ހިފާނަން- އީރާން

ad image

ގުޅުންހުރި ލިޔުންތައް

އީރާންގެ ރެވޮލިއުޝަނަރީ ގާރޑެއް ކަމަށް ކާނަލް ސައްޔަދު ހޮދާއީގެ މަރުގެ ބަދަލު ހިފާނެކަމަށް އެ ޤައުމުގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވެއްޖެ އެވެ.

ހުސްވި އާދިއްތަ ދުވަހު ކާނަލް ހޮދާއީ އަވަހާރަކޮށްލީ ތެހެރާންގަ ސައިކަލެއްގައި މޫނު ނިވާކޮށްގެން ދިޔަ ދެ މީހަކު ބަޑިން ހަމަލާދީގެންނެވެ.

ރައީސް އިބްރާހިމް ރައީސީ ވިދާޅުވީ ކާނަލް ހޮދާއީގެ މަރުންވެސް އެޤައުމުގެ ސަލާމަތީ ކަންކަން ބަލހައްޓާ ގާރޑުންނާއި ދެކޮޅުވެރިވާ ބަޔަކު ތިބިކަން ހާމަވެއްޖެ ކަމަށެވެ. އަދި މި ހަމަލާ ދިނީ ޓެރަރިސްޓު ގްރޫޕަކުން، ގޭންގް ހަދައިގެން އުޅޭ މީހުން ނޫނީ ސަރުކާރާއި ދެކޮޅު މީހުން ނުވަތަ ވަކިވެގެން އުޅޭ ޖަމާއަތަކުން ކަމަށްވިޔަސް އެމީހުންގެ ކިބައިން މީގެ ބަދަލު ހިފާނެ ކަމަށެވެ.

މޫނު ނިވާކޮށްގެން ތިބި މި ދެމީހުންވަނީ ކާނަލް ހޮދާއީ ކާރުކޮޅުގައި އިންނަވަނިކޮށް 5 ފަހަރުމަތިން ބަޑިޖަހައި އަވަހާރަކޮށްލައްވާފަ އެވެ. މި ހަމަލާގެ ޒިންމާއެއް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ