- Advertisement -ad image

ޕާކިސްތާނުގައި ޕެޓްރޯލްގެ އަގު އުފުލިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ ސަރުކާރުން ޕެޓްރޯލް ލީޓަރަކުން 30 ރުޕީ އިތުރުކޮށް ޕެޓްރޯލް އަގު ބޮޑުކޮށްފި އެވެ.

މިއާއެކު ޕާކިސްތާނުން ވިއްކާ ޕްޓްރޯލް ލީޓަރެއްގެ އަގު 179.86 ރުޕީ އަދި ޑީސަލް ލީޓަރެއްގެ އަގު 174.15ރުޕީއަށް ވަނީ އުފުލިފަ އެވެ. މިއަގުތައް އުފުލިފައިވަނީ މިއަދުން ފެށިގެންނެވެ.

ޕެޓްރޯލަށް މި ބަދަލު އައިސްފައި މިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޟެހްބާޒް ޝާރިފް އިގްތިސާދު ކޮޅަށްޖަހަން އެއްބާރުލުން ދިނުމަށް އައިއެމްއެފް އާއެކު އެއްބަސްވުމަކަށް ނުދެވޭކަން އިއުލާން ކުރިތާ 24 ގަޑިއިރުގެ ތެރޭގަ އެވެ.

ޕެޓްރޯލްގެ އަގުބޮޑުވިކަން އިއުލާން ކުރައްވަމުން ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ މިފްތާހް އިސްމާއިލް ވިދާޅުވީ ވިދާލުވީ މި ފިޔަވަޅު އަޅާފައި މިވަނީ އައިއެމްއެފްގެ ޕްރޮގްރާމްގެ މުހިއްމުކަން ކަށަވަރު ކުރުމަށެވެ. އަދި މިއީ އުނދަގޫ ފިޔަވަޅެއް ނަމަވެސް، މީގެ ސަބަބުން ޤައުމުގެ އިގްތިސާދަށް އެދެވޭ އަސަރު ކުރާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނުގައި ވަނީ ޑޮލަރުގެ އަގުވެސް ދަށަށް ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ