- Advertisement -ad image

ޕާކިސްތާނުން ވައިލްޑް ޕޯލިއޯގެ ހަތަރު ވަނަ ކޭސް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުން ފެނުނު ވައިލްޑް ޕޯލިއޯ ކޭސްތަކުގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ދުނިޔޭގައި ޕޯލިއޯގެ ކޭސްތައް އެންމެ ގިނައިން ފެންނަމުންދާ ޕާކިސްތާނުން ވައިލްޑް ޕޯލިއޯ ފެނުނީ މި އަހަރުގެ ތެރޭގައ އެވެ. މީގެ ހަތަރުވަނަ ކޭސް ފެނުނީ ޕާކިސްތާނުގެ ވަޒިރިސްތާނުންނެވެ.

އެނގިފައިވާގޮތުގައި މިފަހަރު ޕޯލިއޯ ފެނިފައިވަނީ 13 މަހުގެ ފިރިހެން ކުއްޖެއްގެ ހަށިގަނޑުންނެވެ. އަދި މިކުއްޖާ ވަނީ ވައިލްޑް ޕޯލިއޯގެ ސަބަބުން ވާގިނެތިފަ އެވެ.

ޕާކިސްތާނުގެ ފެޑެރަލް ހެލްތް މިނިސްޓަރ އަބްދުލް ގާދިރު ޕަޓޭލް ވިދާޅުވީ ވައިލްޑް ޕޯލިއޯގެ ސަބަބުން މި ތުއްތުކުއްޖާގެ އުމުރުގެ ބާކީ ބައި ނުކުޅުދުންތެރިއެއްގެ ގޮތުގައި ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިއީ ޕާކިސްތާނަށް ވެސް ލިބޭ ހިތްދަތިކަމެެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ގާދިރް ވިދާޅުވި ގޮތުގައި ދުނިޔޭގެ އާބާދީ ވަނީ ޕޯލިއޯ ވެކްސިންދީ މި ބަލިން ރައްކާތެރި ކުރެވިފަ އެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރެވެން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ ވަޒިރިސްތާން، ޑީއައި ހާން، ބަންނޫ، ލައްކީ މަރާވަތް އަކީ އެންމެ ބޮޑަށް ޕޯލިއޯ ފެތުރިފައިވާ ސަރަހައްދުތަކެވެ. މި ސަރަހައްދުތަކުގައި ކޭސްތައް ގިނަވަނީ ބެލެނިވެރިން ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ދެކޮޅު ހަދާތީ ކަމަށް ގާދިރުވަނީ ވިދާޅުވެފަ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ