- Advertisement -ad image

ފިޔަވަަޅުތަކަށް ލުއި ދީފިނަމަ ތަދުމަޑުކަމުން އަރައިގަތުމަށް ރަޝިޔާއިން މަސައްކަތް ކުރާނެ – ޕުޓިން

ad image

ގުޅުންހުރި ލިޔުންތައް

މިހާރު ދުނިޔެއަށް ދިމާވެފައިވާ ކާބޯތަކެތީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވީ އިޓަލީގެ ޕްރައިމް މިނިސްޓަރ މާރިއޯ ޑްރާގީ އެކު ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކަފުޅެއްގަ އެވެ. އެގޮތުން ޕުޓިން ވަނީ މި މއްސަލަ ހައްލުކުރުމަށް އެހީވެދޭއިރު ބަދަލެއްގެ ގޮތުން ހުޅަނގުން ރަޝިޔާ އާއި މެދު އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމަށް އެދިފަ އެވެ.

މި ބައްދަލުވުމަށް ފަހު އިޓަލީގެ ބޮޑުވަޒީރު ވިދާޅުވީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ތަދުމަޑުކަމުން އަރައިގަތުމަށް ރަޝިޔާއިން ގޮވާމާއި ފާރޓިލައިޒަރ ދޫކުރަން ފަށާނެކަމަށެވެ. އަދި ރަޝިޔާއިން ޔުކްރޭނަށް ގަސްދުގައި ކާބޯތަކެތި އެތެރެކުރުން ހިފައްހައްޓާކަމަށް ބުނެ ފެތުރިފައިވާ ވާހަކަ ޕުޓިން ދޮގުކޮށްފައި ވާކަމަށް ޑްރާގީ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ޕުޓިން ވަނީ ޔުކްރޭންގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކާބޯތަކެތި ހިފައިގެން ޔުކްޜޭނަށް ބޯޓުތައް ފުރާފައިވާކަމަށް ވިދާޅުވެފަ އެވެ.

ރަޝިޔާއިން ޔުކްރޭނަށް ސިފައިން ފޮނުވައި ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައ އެވެ. އޭގެފަހުން އެ ދެ ޤައުމުގެ މެދުގައި އޮތް ހަނގުރާމަ ވަނީ ވަރުގަދަ ވެފައެވެ. މިކަމާއި ގުޅިގެން ހުޅަނގުން ވަނީ ދެ ޤައުމާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ