- Advertisement -ad image

20 ގައުމަކުން މަންކީ ޕޮކްސްގެ 200 ކޭސް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މަންކީޕޮކްސް ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 200 އާއި ގާތްވެއްޖެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

ގައިންގަޔަށް ފެތުރޭ މަންކީޕޮކްސްގެ ކޭސްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް 20 ޤައުމަކުން މި ވައިރަސް ވަނީ ފެނިފަ އެވެ.

މި ބަލީގެ ގިނަ ކޭސްތައް އަދިވެސް ފެންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. މީގެއިތުރުން ފްރާންސް ޖަރުމަނު، ޔޫއޭއީ ފަދަ ޤައުމުތަކުން ވެސް މަންކީޕޮކްސް ވަނީ ފެނިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަންކީޕޮކްސް ފެތުރުމަކީ ޕެންޑަމިކްއެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް މިއީ އެޕިޑެމިކް އެއް ކަމަޑް ބަލައި މި ބައްޔާއި ދެކޮޅަށް ސިއްހަތު ޖަމިއްޔާއިން ދަނީ ލުއި ފިޔަވަޅުތައް އަޅަމުންނެވެ.

މަންކީޕޮކްސްގެ އަސްލު އަދި ހޯދިފައި ނުވި ނަމަވެސް ބައެއް ސައިންސްވެރިން ބުނާގޮތުގައި މިއީ އެއް ޖިންސުން ގުޅުން ހިންގުމުން ފެތުރޭ ވައިރަހެކެވެ. މި ވައިރަހަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ