ފާއިތުވި ހަފްތާގެ ތެރޭގައި ޗައިނާއިން ފެނިފައިވާ ކޮވިޑް ކޭސްތައް މަދުވެ، އެ ޤައުމުގެ ބޮޑު ދެ ސިޓީ ކަމަށްވާ ބެއިޖިން އާއި ޝެންހާއީގައި ފިޔަވަޅުތައް ލުއިކުރަން ފަށައިފި އެވެ.
ދުވާލަކު 50 ކޮވިޑް ކޭސް ފެންނަމުންދިޔަ ޗައިނާގެ އިއްޔެ މި އަދަދު ވަނީ 20އަށް ތިރިވެފަ އެވެ. ބެއިޖިން އިން އާދިއްތަ ދުވަހު 8 މީހުން ޕޮޒިޓިވް ވެފައިވާއިރު، ޝެންހާއީއިން ޕޮޒިޓިވްވެފައި ވަނީ ހަމީހުންނެވެ.
ޝަންހާއީގައި ކޮވިޑް ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި މިވަނީ ދެ މަސްދުވަހަށް ފަހުގައެވެ. އެގޮތުން މީހުން ގެއިންބޭރަށް ނުކުމެ އުޅުންވެސް ވަނީ މަނާކޮށްފަ އެވެ. ބެއިޖިންގަ ފިޔަވަޅުތައް ވަރުގަދަކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އާދިއްތަ ދުވަހު ޝަންހާއީގެ އޮތޯރިޓީތަކުން ވަނީ ބުދަ ދުވަހުން ފެށިގެން ހާއްސަ ހުއްދަނެތި ވިޔަފާރިތައް ހުޅުވޭނެކަމަށް ބުނެފަ އެވެ. ބެއިޖިންގައި ވެސް ވަނީ އާއްމު ހާލަތެކޭ އެއްގޮތަށް ފިހާރަތަށް ހުޅުވާ ވިޔަފާރި ކުރެވޭނެކަން އިއުލާން ކޮށްފަ އެވެ.