ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓުން ފުރި މަތިންދާބޯޓެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފަރުބަދަތައް މައްޗަށް ވެއްޓިފައި އޮއްވާ ފެނިއްޖެ އެވެ.
ނޭޕާލް ސިފައިން ބުނާގޮތުގައި މި މަތިންދާބޯޓުން ދަތުރު ކުރި 22 މީހުންގެ ތެރެއިން 14 މީހެއް ހަށިގނޑުވަނީ ހޯދިފަ އެވެ. އަދި ދަތުރު ކުރި އެއްވެސް މީހެއް ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ވަނީ ބުނެފަ އެވެ.
ފޮޓޯތަކުން ފެންނަގޮތުގައި މަތިންދަބޯޓު އޮތީ ވެއްޓުމުގެ ސަބަބުން އެއްކޮށް ކުދިކުދިވެފަ އެވެ. އާދިއްތަ ދުވަހު ފުރި މި މަތިންދާބޯޓުގެ ސިގްނަލް ގެއްލުނީ ފްލައިޓް ނައްޓާލިތާ އިރުކޮޅެއް ފަހުންނެވެ.
ސިފައިން ބުނިގޮތުގައި މި މަތިންދާބޯޓު ފެނިފައިވަނީ ކަތަމަންޑޫ އާއި 125 މޭކު ދުރުގައި ހުރި ފަރުބަދަތަކެއްގެ މަތިންނެވެ.