- Advertisement -ad image

ބްރެޒިލްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 90އިން މައްޗަށް

ad image

ގުޅުންހުރި ލިޔުންތައް

ބްރެޒިލްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 91 މީހުން މަރުވެފައިވާކަމަށް އެ ޤައުމުން ބުނެފި އެވެ.

މޫސުންގޯސްވެ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބްރެޒިލްގެ ގިނަ ސަރަހައްދުތަކަކުން ވަނީ ބިންގަނޑު ކަނޑައިގެން ގޮސްފަ އެވެ. އަދި މީގެ ސަބަބުން އެތައް ބައެއް ގެެއްލިފައިވާކަމަށްވެސް އެ ޤައުމުން ބުނެއެވެ.

މި ކާރިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެތައް ސަތޭކަ ސިފައިންނެއް ދަނީ ކުރަމުންނެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ސަތޭކަ ގެއެއް ވަނީ ބިމާހަމަވެފަ އެވެ. އަދި އެ ސަރަހައްދުތަކުން ވެސް މީހުން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިއްޔެ ބްރެޒިލްގެ ރައީސް ޖެއިރ ބޮލްސޮނާރޯ ވަނީ ކި ކާރިސާގައި ގެއްލުންވި ސަރަހައްދުތައް މަތިން ބައްލަވާލައްވާފަ އެވެ. ނަމަވެސް އެ ސަރަހައްދުގެ ހާލަތު ގޯސްކަމުން ހެލިކޮޕްޓަރ ޖެއްސޭގޮތް ނުވީކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ބްރެޒިލްގެ ސަރުކަރުންވަނީ ހިތާމަކޮށް މަރުވި އާއިލާތަކަށް ތައުޒިޔާ ކިޔާފަ އެވެ. އަދި މި އާއިލާތަަކަށް އެހީ ފޯރުކޮށްދޭން ފަށާފައިވާކަމަށްވެސް އެ ގައުމުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ