- Advertisement -ad image

ގައުމުން ޑޮލަރު ހުސްވެދާނެ ކަމުގެ ބިރަށް، ސްރީލަންކާގެ މުސްލިމުންނަށް މިއަހަރު ހައްޖަށް ނުދެވޭނެކަން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރު ކަމުގެ ސަބަބުން މިވަގުތު ގައުމުގައި ހުރި ޑޮލަރު ސޭވް ކުރުމަށް މިއަހަރު އެގައުމުން ހައްޖަށް ނުދާނެކަން އިއުލާންްކޮަށްފިއެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ 10 އިންސައްތަ އަކީ މުސްލިމުންނެވެ. އެގައުމުގައި ގިނައީ ބުދިސްޓުންނެވެ. މިއަހަރު ސްރީލަންކާއިން ހައްޖަށް ދާން ފުރުސަތު ލިބުނީ 1585 މީހުނަށެވެ. މިއީ މިއަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭނީ އެއް މިލިއަން ފޮރިން މުސްލިމުންނަށް ކަން ސައުދީ އިން އިއުލާން ކުރުމުން ހުއްދަ ލިބުނު އަދަދެވެ.

ހައްޖު ކޯޓާގެ ބޭނުން ނުކުރަން ނިންމާފައިވަނީ އެއީ މިވަގުތު އެގައުމުގެ ސަރުކާރަށް މިވަރުގެ ބޮޑު ހަރަދެއްކޮށް ޑޮލަރު ބޭރު ކުރުން އެއީ ރަނގަޅު ގޮތް ނޫން ކަމަށް ފެންނާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސްރީލަންކާގެ ފޮރިން މިނިސްޓްރީން ލަފާކޮށްފައިވާތުން އެގައުމުގެ ޔޫސަބުލް ރިސާރވުގައި މިވަގުތު ހުރީ 50 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން މިއަހަރުގެ ހައްޖަށް މީހުން ފޮނުވާނަމަ 10 މިލިއަން ޑޮލަރު ގައުމުން ބޭރު ކުރަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ