- Advertisement -ad image

އެމެރިކާއިން ޔުކްރޭނަށް ރޮކެޓް ފޮނުވަދޭނެކަަމަށް ބުނެފި

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން ޔުކްރޭނަށް އެޑްވާންސް ރޮކެޓް ސިސްޓަމެއް ފޮނުވަދޭނެ ކަމަށް ބުނެފިއެވެ.

ދަ ބައިޑެން އެޑްމިނިސްޓްރޭޝަންއިން ބުނިގޮތުގައި އެ ޤައުމުން ޔުކްރޭނަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ކުދި އެހެން ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މެދުމިނެއްގެ ރޮކެޓް ސިސްޓަމެކެވެ. މިއީ ޔުކްރޭން-ރަޝިޔާގެ ހަނގުރާމަ ފެށުނު ފަހުން އެ ޤައުމަށް އެންމެ ބޭނުން އެއް ހަތުޔާރުކަމަށް ޔުކްރޭންގެ ވެރިން މީގެ ކުރިން ބުނެފައި ވެއެވެ.

މި ރޮކެޓް ސިސްޓަމަކީ އެމެރިކާއިން ޔުކްރޭނަށް ދޭން އެެއްބަސްވެފައިވާ 700 މިލިޔަން ޑޮލަރުގެ ސެކިއުރިޓީ އެހީތެރިކަމުގެ ތެރޭގައި ހިމެނޭ ބައެކެވެ. މީގެއިތުރުން އެމެރިކައިން ވަނީ ޔުކްރޭނަށް ހެލިކޮޕްޓަރާއި، ޓޭންކަރުތަކެއްގެ އިތުރުންވެސް ގިނަ ހަތިޔާރުތަކެއް ދިނުމަށް ވައުދުވެފަ އެވެ.

އެމެރިކާއިން މި ހަތިޔާރު ސިސްޓަމް ފޮނުވާފައި މިވަނީ ޔުކްރޭން-ރަޝިޔާ ހަނގުރާމައިގައި ޔުކްރޭނަށް ވެސް ހަމަހަމަކަމާއެކު ރަޝިޔާ އާއި ކުރިމަތިލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

މި ހަނގުރާމަ އާއި ގުޅިގެން އެމެރިކަން ޔޫނިއަން ވަނީ ރަޝިޔާ އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަންފަށާފަ އެވެ. މީގެތެރޭގައި ރަޝިޔާއިން ތެޔޮގަތުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ