- Advertisement -ad image

މުޅި ދުނިޔެއަށް މަންކީޕޮކްސް ފެތުރިދާނެކަމުގެ އިންޒާރު ދީފި

ad image

ގުޅުންހުރި ލިޔުންތައް

ޔޫރަޕްގައި ފެތުރެމުންދާ ނުރައްކާތެރި މަންކީޕޮކްސް ވައިރަސް މުޅި ދުނިޔެއަށް ފެތުރިދާނެކަމުގެ އިންޒާރު ސިއްހީ މާހިރުން ދީފިއެވެ.

މަންކީ ޕޮކްސްގެ ކޭސްތައް ވަނީ މިހާރު 23 ޤައުމަކުން ފެނިފަ އެވެ. އަދި މި ވައިރަސް ޖެހިގެން 257 މީހަކު ވަނީ މިހާތަނަށް ރިޕޯޓްކޮށްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުގައި މީގެއިތުރުންވެސް ކި ބަލިކަމަށް ޝައްކުކުރެވޭ 120 ކޭސްވަނީ ފެނިފަ އެވެ.

ޑަބްލިޔުއެޗްއޯގެ ހިސާބުތައް މިގޮތަށް ދެއްކިޔަސް ބައެއް ސިއްހީ މާހިރުންވަނީ މި ބަލީގެ ކޭސްތައް މިހާރު 500އިން މަތިވެދާނެ ކަމަށް ބުނެފަ އެވެ.

ސީޑީސީގެ ޑިރެކްޓަރ ރޮޝެލް ވަލެންސްކީވެސް ހުސްވި ބުރާސްފަތި ދުވަހު ވަނީ އިނގިރޭސި ވިލާތުގައި މި ބަލި ކޮމިއުނިޓީ ސްޕްެެޑެއް ގޮތަށް ފެތުރެން ފަށާފައިވާކަމަށް ވިދާޅުވެފަ އެވެ. މިހާތަނަށް މި ބަލިގެ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީވެސް އިނގިރޭސިވިލާތުންނެވެ.

މީގެކުރިން ސީޑީސީގެ އިންފެކްޝަސް ޑިޒީސް ސްޕެޝަލިސްޓް އަދި ޕޮކްސް ވައިރަސް އެކްސްޕާޓް އަގަމް ރާއޯ ވަނީ މަންކީޕޮކްސް އަކީ ފަސޭހައިން ގައިން ގަޔަށް ފެތުރޭ ބައްޔެއް ނޫންކަމަށް ވިދާޅުވެފަ އެވެ. ސްމޯލްޕޮކްސް އާއިލާއަށް ނިސްބަތްވާ މި ބަލި ޖެހުމުން ގައިގެ ތަންތަން ރަށްވެ ފޮޅުނަގާ ފާރުވެއެވެ.

އަގަމް ރާއޯ ވިދާޅުވިގޮތުގައި މަންކީޕޮކްސް ޕެންޑަމިކްއަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އަދި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތީ ގިނައިރު އެކުގައި ހޭދަކުރާ މީހުންނަށްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ