ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކަށް އެތައް ސަތޭކަ ރަޝިޔާ އަސްކަރިއްޔާ ސިފައން ދެކޮޅު ހަދަމުން ދާކަމަށް އެ ޤައުމުގެ ނެޝަނަލް ގާރޑް ރރޕްރެޒެންޓް ކޮށްފައިވާ މެމްބަރެއް ކަމަށްވާ މިކާއިލް ބެންޔާޝް ވިދާޅުވެއްޖެ އެވެ.
ބެންޔާޝް ކުރިން ނެޝަނަލް ގާރޑް ރެޕްރެޒެންޓް ކުރި ނަމަވެސް އެ މަގާމުން ވަކިކޮށްފައި ވަނީ ޔުކްރެއިންއަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދުމުންނެވެ.
ދަ ގާރޑިއަންގައި ބުނެފައިވާގޮތުން މިހާތަނަށް 115 އަސްކަރީ ސިފައިން ވަނީ މި ހަނގުރާމައިގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ. އަދި މީގެ ސަބަބުން އެމީހުން ވަޒީފާއިން ވަކިކޮށްފައި ވާކަމަށްވެސް ވަނީ ބުނެފަ އެވެ.
ބެންޔާޝް ބުނި ގޮތުގައި މި ސިފައިންނާ މެދު ގާނޫނީ ކުށެއްގެ އަދަބު ދީފައިނުވަނީ ރަސްމީ ގޮތެއްގައި މި ދެ ޤައުމުގެ މެދުގައި ހަނގުރާމަ އިއުލާންކޮށްފައި ނުވާތީ އެވެ. އޭގެ ބަދަލުގައި ރަޝިޔާގެ ރައީސް ވްލެޑްމަޔާ ޕްޓިން ވަނީ މިއީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެފަ އެވެ.
ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ ބައްޔާޝް ވިދާޅުވީ މިހާތަނަށް ހާހަކަށް ވުރެ ގިނަ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަމިއްލަ އެޖެންސީތަކުގައި މަސައްކަތް ކުރާ މީހުން މިކަމާއި ގުޅިގެން ގާނޫނީ އެހީ ހޯދަން އެދިފައިވާ ކަމަށެވެ. މި އެންމެންނަކީވެސް ޔުކްރެއިންއަށް ހަމަލާދިނުމަށް ދެކޮޅު ހަދާ މީހުންނެވެ.
މީގެ ކުރިން ރަޝިޔާގެ އިންސާނީ ހައްގުތަކާ ބެހޭ ގްރޫޕަކުންވެސް ވަނީ މި ހަނގުރާމަ އާއި 700 މީހުން ދެކޮޅު ހަދާފައިވާކަމަށް ބުނެފަ