ސްރީލަންކާގެ އިޤްތިސާދު ދަށްވެ، ކާބޯތަކެތި ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުން އަރައިގަތުމަށް ރައްޔިތުންގެ އަމިއްލަ ގެތަކުގައި ކާބޯތަކެތި ހެއްދުމަށް އެ ޤައުމުގެ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ގޮވާލައްވައިފި އެވެ.
22 މިލިޔަންގެ އާބާދީއެއް އޮތް ލަންކާ ވަނީ މިދިޔަ މަހު އެކަނިވެސް ބައިނަލްއަޤްވާމީ އެކި މުއައްސަސާތަކަށް 50 ބިލިއަން ޑޮލަރުން ދަރަނިވެރި ވެފައެވެ. މީގެ ސަބަބުން ލަންކާގެ އިގްތިސާދު ވަނީ ހީނުކުރާ ވަރަަށް ދަށަށް ގޮސްފަ އެވެ.
ލަންްކާ ސަރުކާރުގެ އޮފިޝަލުން ދަނީ މި ވަޅުގަނޑުން އަރައިގަނެ އެ ޤައުމުގައި އުފައްދާ ތަކެތި އިތުރުކުރާނެ ގޮތްތައް ވިސްނަމުންނެވެ. މި މަސައްކަތް ފަށާފައިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ އެ ޤައުމު ކާބޯތަކެއްޗަށް ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.
ލަންކާގެ އެގްރިކަލްޗަރ މިނިސްޓަރ ވަނީ އެ ޤައުމުގެ ރައްޔިތުން ގޭގައި ހައްދާ ބާވަތްތަކުގެ ތެރެއިންވެސް ގޮވާމާއި މޭވާ ތަރުކާރީގެ ބާވަތްތައް އިތުރުކުރުމަށް ގޮވާލާފަ އެވެ.