ރަޝިޔާއިން ޔުކްރޭނުގެ ކީވް އަވަށަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތައް ދީފައި މިވަނީ ޔޫރަޕްގެ ބައެއް ޤައުމުތަކު ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުން އެކަމާއި ދެކޮޅަށް ރަޝިޔާގެ ރައީސް ވްލެޑްމިޔަރ ޕުޓިން އިންޒާރު ދީފައި ވަނިކޮށެވެ.
ރަޝިޔާގެ މި ހަމަލާގައި ވަނީ ޔުކްރޭނަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ހަދިޔާކޮށްފައި ހުރި ޓޭންކަރުތަކެއް ސުންނާފަތި ކޮށްލާފަ އެވެ. މިކަން ކުރާނެކަމަށް މީގެ ކުރިންވެސް ޕުޓިން ވަނީ އިންޒާރު ދީފައެވެ. އަދި މި ހަމާލާ ދީފައިވަނީ އެމެރިކާއިން ޔުކްރޭނަށް 700 މިލިޔަން ޑޮލަރުގެ ސެކިއުރިޓީ ފޮނުވާނެކަން އިއުލާންކޮށްފައި ވަނިކޮށެވެ.
އެމެރިކާއިން ރަޝިޔާއަށް ހަދިޔާކުރާ ހަތިޔާރުގެ ތެރޭގައި ހެލިކޮޕްޓަރާއި، ޓޭންކަރާއި، ރާޑަރު އަދި ހަނގުރާމަ މަތީގެ ވެހިކަލްގެ އިތުރުންވެސް ގިނަ އެއްޗެއްސެއް ހިމެނެ އެވެ.
މި ހަމާލާތަކުގައި އަނިޔާވި މީހުންގެ އަދަދު އަދި އެނގިފައެއް ނުވެއެވެ.