އިންޑިޔާގެ ލަކްނައުގައި ދިރިއުޅެމުންދިޔަ 16 އަހަރުގެ ފިރިހެން ކުއްޖަކު އޭނަގެ މަންމަ މަރާލައިފި އެވެ.
މި ފިރިހެން ކުއްޖާ އޭނަގެ މަންމަ މަރާލާފަވަނީ ފޯނުން ޕަބްޖީ ކުޅުން ހުއްޓުވުމުންނެވެ. އެގޮތުން މި ކުއްޖާވަނީ ބައްޕަގެ ފިސްތޯލައިން މަންމަގެ ބޮލަށް ހަމަލާދީފަ އެވެ. މި ހަމަލާގެ ކުރިން ދެ މީހުން ވަނީ ވަރަށް ގަދަޔަށް ޒުވާބުވެސް ކޮށްފ އެވެ.
މި ފިރިހެންކުއްޖާ ވަނީ އޭނާގެ މަންމަގެ ހަށިގަނޑު އޭސީ ކޮށްފައި ހުރި ކޮޓަރިއަކަށް ލުމަށްފަހު، ކުނި ވަސް ފިލުވަން ކޮޓަރިއަށް އެއާ ފަްރެޝްނާވެސް ޖަހާފަ އެވެ. އަދި އޭނަގެ 10 އަހަރުގެ ކޮއްކޮއަށް ވަނީ އެކަން ސިއްރުކުރަން އިންޒާރު ދީފައެވެ.
ވެސްޓް ބެންގާލްގައި މަސައްކަތް ކުރަމުންދާ މި ކުއްޖާގެ ބައްޕައަށް މިކަން ފަޅާއަރާފައި ވަނީ އެގެއިން ކުނިވަސް ދުވާތީ އަވައްޓެރިއަކު ގުޅާފައި ބުނުމުންނެވެ. އަދި ފުލުހުންނަށް ރިޕޯޓްކޮށް އެގޭތެރެ ބެލި ބެލުމުން ވަނީ އުމުރުން 40 އަހަރުގެ ސަދާނާގެ ތިން ދުވަސްވެ މަރުވެ ކުނިވެފައިވާ ހަށިގަނޑު ފެނިފަ އެވެ.
ޕަބްޖީ ގޭމަށް ދެވިހިފާފައި ހުރި މި ކުއްޖާ ހައްޔަރުކުރުމުން ފުރަތަމަ ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ މަރާލީ އެ ގޭގެ ކަރަންޓް މަސައްކަތް ކުރަން އަންނަ. މީހެއް ކަމަށެވެ. ނަމަވެސް އޭނަގެ ކޮއްކޮ ހުރިހާ އެއްޗެއް ތެދަށް ފުލުހުންނަށް މިހާރުވަނީ ކިޔާ ދީފަ އެވެ