އެމެރިކާގައި ކުރިއަށް ގެންދިޔަ އާދައިގެ ކްލިނިކް ތަހްލީލެއްގައި ބައިވެރިވި އެންމެން ކެންސަރު ބަލިން ރަނގަޅު ވެއްޖެ އެވެ.
މި ރިސާޗުގައި 12 މީހުން ވަނީ ބައިވެރިވެފަ އެވެ. މި އެންމެންނަކީ ވެސް ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. ދަ ނިއު އިންގްލެންޑް ޖާނަލްގައި ވާގޮތުން ޓްރަޔަލްގައި މި މީހުން ބައިވެރިވެފައި ވަނީ ހަމަސް ވަންދެން ކެންސަރު ބޭހެއް ކަމަށްވާ ޑޮސްޓަރލިމަބް ބޭނުންކުރުމަށް ފަހުގައެވެ.
މި ޕޭޕަރުގެ ލީޑް ލިޔުންތެރިޔާ އަދި އޮންކޮލިޖެސްޓެއް ކަމަށްވާ ޑރ. ލުއިސް ޑިއާސް ވިދާޅުވިގޮތުގައި މިއީ ތާރީހުގައި ވެސް މިކަހަލަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.
މި ފަރުވާ ކުރިއަށް ދިޔައިރު ބައިވެރިންނަށް އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް ކުރިމަތިވެފައެއް ނުވެއެވެ. ނަމަވެސް މި ރިސާޗްގައި ބައިވެރިވި މީހުންގެ އަދަދު މަދުކަން ވަނޫ ފާހަގަކޮށްފަ އެވެ. އަދި މި ރިސާޗު އަދި ރިޕީޓުކުރަން ޖެހޭކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފ އެވެ.