- Advertisement -ad image

ލަންކާ އިންދަޖެހުނަ ނުދިނުމަށް މި ވަގުތުވެސް 6 ބިލިއަން ޑޮލަރު ބޭނުންވޭ

ad image

ގުޅުންހުރި ލިޔުންތައް

އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައުވާ ސްރީލަންކާއިން އިތުރަށް އިނދަޖެހުނަ ނުދީ ހިފަހައްޓާލުމަށް މި ވަގުތުވެސް މަދުވެގެން 6 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެޤައުމުގެ ޕްރައިމް މިނިސްޓަރ ރަނިލް ވިކްރަމަސިންހް ވިދާޅުވެެއްޖެ އެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި އާއްމުކޮށް ބޭނުންކުރާ ޒަރޫރީ ތަކެތި، ޕެޓްރޯލް ފަދަ އެއްޗެހި ހޯދަންވެސް ކިއުގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެއެވެ. އެހެންކަމުން މި ފައިސާގެ އެހީ ހޯދުމަށް ލަންކާއިން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގައިވެސް އެދިފަ އެވެ.

ރަނިލް ވިދާޅުވިގޮތުގައި ކުރިއަށް އޮތީ ލަންކާއަށް ވަރަށް ވެސް ދަތި 3 ހަފްތާ އެވެ. އަދި މި ތިން ހަފްތާގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ސާމާނު އެއްގޮތަކަށް ވެސް ނުލިބިދާނެ ކަމަށް ރަނިލް ވަނީ ވިދާޅުވެފަ އެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގޭސް، ފިއުލްފަދަ އެއްޗެހިވެސް ބަލައިގެން ހޭދަކުރަން ރަނިލް ވަނީ އެދިލައްވާފަ އެވެ.

ލަންކާގެ ސަރުކަރުން މިހަާރުވެސް ވަނީ އެހެން ޤައުމުތަކަށް 51 ބިލިއން ޑޮލަރުން ދަރަނިވެރި ވެފައެވެ. އަދި ކުރިއަށް ހަ މަހަށް ބޭނުންވާ ކޮންމެ ދުވަހެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މަދުވެގެން 5 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރަނިލް ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ