ހައްޖު މޫސުމާއި ދިމާކޮށް ގިނަ ބަޔަކު މިހާރުދަނީ މައްކާއަށް ޖަމާވަމުންނެވެ. ދުނިޔޭގެ އެތައް ހިސާބަކުން ހައްޖުވުމަށް ދަތުރުކުރާ މީހުންގެ ތެރޭގައި އެކަމަށްޓަކައި އެތައް އަހަރެއް އިންތިޒާރުކޮށް އަދި އެތައް ހޭދައެއް ކޮށްފައިވާ ތަފާތު ގިންތީގެ މީހުން ހިމެނެ އެވެ.
އަފްޤާނިސްތާނަށް ނިސްބަތްވާ ނޫރް އަހުމަދަކީ ވެސް މީގެތެރެއިން އެއް ހައްޖުވެރިއެކެވެ. ނޫރުގެ މި ދަތުރު އޭނާ ފަށާފައިވަނީ އޭނާގެ އުފަން ޤައުމު އަފްޤާނިސްތާނުންނެވެ.
ނޫރުގެ މި ހިތްވަރު ފެނި އަފްޤާން ސަރުކާރުންވެސް ވަނީ އޭނާއަށް ފްލައިޓްގައި މައްކާއަށް ދަތުރުކުރުމަށް ދެ ކޮޅު ޓިކެޓް ދޭނެކަމަށް ބުނެފަ އެވެ. ނަމަވެސް ނޫރު ވަނީ އެކަމާއި ދެކޮޅު ހަދައި އޭނާ ބޭނުންވަނީ މި މަތިވެރި އަޅުކަން އަދާކުރަން ބޭނުންވަނީ އޭނާގެ އަމިއްލަ ހިތްވަރާއި މަސައްކަތުން ކަމަށް ބުނެފަ އެވެ.
މިހާރު ނޫރު މަސައްކަތް ކުރަމުންދަނީ އިރާގު އަދި އީރާނަށް އެތެރެވުމަށް ވިސާ ހޯދުމަށެވެ.
ނޫރުއަކީ މައްކާއަށް ހައްޖުވުމަށް ދަތުރުކުރި ފުރަތަމަ ހައްޖުވެރިޔާއެއް ނޫނެވެ. 2019 އަހަރު އިނގިރޭސިވިލާތު މީހަކުވެސް ވަނީ ދެމަސް ދުވަހު ބައިސްކަލުގައި ސައުދީ އަރަބިޔާއަށް ދުއްވުމަށްފަހު މައްކާއިން ހައްޖުވެފަ އެވެ.