- Advertisement -ad image

އިންޑިޔާގައި މުސްލިމުންނާއި ހިންދޫއިންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި 2 ޒުވާނުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ވެރިއަކު، ކީރިތި ގުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ކުރި ފުރައްސާރައާއި ދެކޮޅަށް ނުކުތް މުސްލިމުންނާއި ހިންދޫއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުން ތަކަުގައި 2 ޒުވާނަކު މަރުވެއްޖެ އެވެ.

ހުކުރު ދުވަހުރާންޗީ ސިޓީގައި ކުރިއަށް ދިޔަ މި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ފުލުހުންން ވަނީ ވަދެފައެވެ. އަދި ފުލުހުން ވަނީ ބަޑިވެސް ޖަހަން ފަށާފަ އެވެ.

މި ހަމަނުޖެހުމުގައި 14 ފުލުހުންނަށް އަނިޔާ ވެފައެވެ. އަދި އެ ސަރަހައްދުގައި ކާފިއުވެސް ވަނީ އިއުލާން ކޮށްފަ އެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން 230 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ތުހުމަތުކުރެވޭ ބީޖޭޕީގެ ދެ ވެރިންނަށް އެ ޕާޓީން މިހާރު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން، ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ މިހާރުވަނީ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އަދި ވެރިރަށް ނިއު ދިއްލީގައި ހުންނަ، އެ ޕާޓީގެ މީޑިއާ އިންޗާޖްގެ މަގާމުގައި ހުރި ނަވީން ކުމާރު މިހާރު ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.

ބީޖޭޕީގެ އިސް މަގާމެއްގައި ތިބި ދެ ބޭފުޅަކު، އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ، ދުނިޔޭގެ 16 ގައުމަކުން މިހާރު ވަނީ ރަސްމީކޮށް ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިރާގު، އީރާން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، އުންމާން، މެލޭޝިޔާ، އެމިރޭޓްސް، ޖޯޑްން، އަފްޣާނިސްތާނު، ޕާކިސްތާން، ބަހްރައިން، ދިވެހިރާއްޖެ، ލީބިޔާ ތުރުކިޔޭ އަދި އިންޑޮނޭޝިޔާ އެވެ. އޭގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ