- Advertisement -ad image

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސްހުރި ބަންގްލަދޭޝްގެ މީހަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ބަންގްލަދޭޝްއިން މައްކާއަށް ގޮސް ހުރި ހައްޖުވެރިިއަކު ނިޔާވެއްޖެއެވެ. މައްކާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދާ ހައްޖުވެރިންގެ މައުލޫމާތު ގެނެސްދޭ ހަރަމައިން ޝަރަފައިން އިން ރިޕޯޓްކޮށްފައިވާ ގޮތުން ބަންގްލަދޭޝްގެ މި މީހާ މައްކާއަށް ގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިހާރުވެސް ބައެއް މުސްލިމް ގައުމުތަކުގެ 10،000 މީހުން ވަނީ މައްކާއަށް ގޮސްފައެވެ. ބަންގލަދޭޝް އިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ފުރަތަމަ ފްލައިޓްގައި 416 މީހުން ވަނީ މައްކާއަށް ގޮސްފައެވެ.

އެގޮތުން މިހާތަނަށް 10 ގައުމެއްގެ ހައްޖުވެރިން ވަނީ މައްކާއަށް ގޮސްފައެވެ. އޭގެ ތެރޭގައި ތުރުކީ، ބަންގލަދޭޝް، މެލޭޝިޔާ، ޕާކިސްތާން، އަފުގާނިސްތާން، އިންޑޮނީޝިޔާ، ނައިޖީރިޔާ، އިރާން އަދި ތައިލެންޑް ހިމެނެއެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއިންދާ ފުރަމަ ފްލައިޓް ފުރާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ހައްޖު ދުވަހަކީ 8 ޖުލައި ވާ ހުކުރު ދުވަހެވެ. މިއަހަރުގެ ހައްޖު އަޅުކަން އަދާކުރުމަށް ފުރުސަތު ދެނީ 1 މިލިއަން މީހުންނަށެވެ. މީގެ ތެރޭގައި ސައުދީ ރައްޔިތުންގެ ތެރެއިން 390،000 މީހުން ހިމެނެއެވެ. މިއީ ކޮވިޑް19 ގެ ބަލިމަޑުކަން ފެށުނުފަހުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހައްޖެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ