އިންޑިޔާގެ ޓަމިލްނާޑޫގައި އަލަށް ކައިވެނިކުރި ދެމަފިރިއަކު މަރާލައިފި އެވެ.
ދީނީ ހަމަނުޖެހުމެއްގެ ތެރެއިން މި ދެމީހުން މަރާލި މައްސަލާގައި މިހާރުވަނީ އަންހެން ކުއްޖާގެ ބޭބެއަކާއި އާއިލާ މީހެއް ހައްޔަރުކޮށްފަ އެވެ. މި ދެމަފިރިން މަރާލާފައިވަނީ އެ ގެއަށް އައުމަށް ދައުވަތު ދިނުމަށްފަހު ގެއަށް ދިއުމުން އާއިލާގެ އެހެން މީހެއްގެ އެހީތެރިކަމާ އެކުގައެވެ.
ޕޮލިހުން ބުނެފައިވާ ގޮތުގައި މި އަންހެންކުއްޖާ ފުރަތަމަ ކައިވެނިކުރަން ނިންމާފައިވަނީ އެ އާއިލާގެ ފިރިހެން ކުއްޖަކާ އެވެ. ނަމަވެސް ފަހުން އަންހެން ކުއްޖާވަނި އެމީހުން އަޅުކަންކުރާ ދީނުގެ އެހެން ފިކުރުގެ ކއްޖަކާ ކައިވެނި ކޮށްފަ އެވެ.
އިންޑިޔާގައި މިފަދައިން ދީނީ ފިކުރު ތަފާތު މީހުންނާ ކައިވެނިކުރާ މީހުން މެރުމަކީ އާއްމުކަމެކެވެ. މިކަން ހުއްޓުވުމަށްވެސް އެ ޤައުމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.