- Advertisement -ad image

އުތުރު ކޮރެއާއިން ގޮތް ނޭނގޭ ވައިރަހެއް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އުތުރު ކޮރެއާއިން ކުރިން ދެނެގަނެވިފައި ނުވާ ވައިރަހެއް ފެނިފައިވާކަމަށް އެ ޤައުމުން ރިޕޯޓު ކޮށްފި އެވެ.

އުތުރު ކޮރެއާއިން މި ވައިރަސް ފެނިފައި މިވަނީ ކޮވިޑް ކޭސްތައް ގިނަވުމުގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގަ އެވެ. މި ވައިރަހަށް އުތުރުކޮރެއާ އިން ވަނީ “އެކިއުޓް އެންޓެރިކް އެޕިޑެމިކް”ގެ ނަމުން ނަން ދީފައެވެ.

މި ވައިރަސް މިހާތަނަށް ފެނިފައިވަނީ އެ ޤައުމުގެ ހައިޖޫ އަވަށުންނެވެ. އަދި މި ކަމަށް ބޭނުންވާ ބޭސް އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ފޮނުވާފައިވާ ކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު އުތުރު ކޮރެއާއިން ހާމަކޮށްފަ އެއް ނުވެއެވެ. ނަމަވެސް ހުސްވި ބުރާސްފަތި ދުވަހު އެކަނިވެސް އެ ޤައުމުން 26،010 މީހުން ހުން އައިސްގެން ރިޕޯޓްކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ