- Advertisement -ad image

5 އަހަރުން ދަށުގެ ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދެނީ

ad image

ގުޅުންހުރި ލިޔުންތައް

އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތަޖުރިބާކާރުންގެ ޕެނަލްއަކުން ލަފާ ދީފިއެވެ. އަދި މި ލަފާގެ ދަށުން ވެކްސިން ދޭން ފެށުމަށް އެމެރިކާގައި އަންނަނީ ތައްޔާރުވަމުންނެވެ.

2020 ވަނަ އަހަރު ދޭން ފެށި ވެކްސިން މިހާރު ދެމުން ގެންދަނީ އުމުރުން 5 އަހަރުން މަތީގެ އެންމެންނަށެވެ. ނަމަވެސް އެ އުމުރުފުރާއަށް ވުރެ ދަށުގެ ކުދިންނަށް އަންނަ ހަފްތާއިން ފެށިގެން ކޮވިޑްގެ ފުރަތަމަ ޑޯޒް ދޭން ފަށާނެ އެވެ.

ވެކްސިން ދިނުމަށް ލަފާދިން 21 ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީ އޮފް ވާރޖީނިއާގެ މެޑިސިން ޕްރޮފެސަރެއް ކަމަށްވާ މައިކަލް ނެލްސަން ބުނިގޮތުގައި މީގެ ސަބަބުން ކޮވިޑްގެ ތެރޭގައި އަޅާނުލެވި ދޫކޮށްލެވިފައި އޮތް ޅަ ޖީލުތަކަަށް ވެސް ސިއްހީ ރައްކާތެރިކަން ޔަގީންވާނެ އެވެ.

މީގެއިތުރުން އެފްޑީއޭގެ ސައިންޓިސްޓް ޕީޓަރ މާކްސް ވަނީ އުމުރުން ދުވަސްވީ މީހުންގެ މަރުގެ އަދަދު މަދުކުރަން މަސައްކަތް ކުރާގޮތަށް ޅަ އުމުރުގައި މަރުވާ ކުޑަކުދިންގެ އަދަދު މަދުކުރުންވެސް މުހިއްމު ކަމަށް ބުނެފަ އެވެ. އަދި ކޮންމެ ފުރާނައެއްވެސް މުހިއްމު ކަމަށާއި، ވީއިރު ވެކްސިނުން ރައްކާތެރިކަން ޔަގީންވާއިރު ނުޖަހަންވީ ސަބަބެއް ނެތްކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާއިން ކޮވިޑް ޕެންޑަމިކްގައި މި ވައިރަހަށް ހުށަހެޅިގެން އުމުރުން 4 އަހަރުން ދަށުގެ 480 ކުޑަކުދިން ވަނީ މަރުވެފަ އެވެ. އަދި މި އަހަރުގެ މެއި މަހާއި ހަމަޔަށް 45،000 ކުޑަކުދިންނަށް ވަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދީފަ އެވެ. މީގެތެރެއިން ބައެއް ކުދިންނަށް އައިސީޔޫގައި ވެސް ފަރުވާދީފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ