- Advertisement -ad image

ޖުލައި މަހުން ފެށިގެން ތައިލެންޑަށް ދާން ’ތައިލެންޑް ޕާސް’ ހޯދާކަށް ނުޖެހޭނެ

ad image

ގުޅުންހުރި ލިޔުންތައް

މިއަންނަ ޖުލައި އެކަކުން ފެށިގެން ތައިލެންޑަށް އެތެރެވާން ’ތައިލެންޑް ޕާސް’ ހޯދަން ނުޖެހޭ ގޮތަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ތައިލެންޑް ސަރުކާރުގެ އިސް އޮފިޝަލަކީ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަންނަ ޖުލައި މަހުގެ އެކަކުން ފެށިގެން އެ ގައުމަށް އެތެރެވާން ތައިލެންޑް ޕާސް އަދި ކޮވިޑް އިންޝުއަރެންސް ނަގަންޖެހޭގޮތަށް އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ.

އަދި ޖުލައި މަހުން ފެށިގެން ތައިލެންޑަށް އެތެރެވާއިރު ހަމައެކަނި ޓުއަރިސްޓުން ދައްކަން ޖެހޭނީ ކޮވިޑް19 ދިފާއު ވެކްސިން ސެޓްފިކެޓް ނޫންނަމަ ކޮވިޑް19 ޓެސްޓްގެ ނަތީޖާއެވެ. ތައިލެންޑް ސަރުކާރުން ވަކި ގޮތެއް އަންގަންދެން މި ޕްރޮސެސް ކުރިއަށްދާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ތައިލެންޑް ޕާސް އެއް ޖުލައިގެ ފަހުން ބޭނުންވާނީ ހަމައެކަނި ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ. ތައިލެންޑަށް މިހާރު ދަތުކުރާ ފަރާތްތަކުން 10،000 ޑޮލަރުގެ އިންޝުއަރެންސް އެއް ބައިންދަންޖެއެވެ. ނަމަވެސް ޖުލައިގެ ފަހުން ތައިލެންޑަށް އެތެރެވާން މި އިންޝުއަރެންސްވެސް ބޭނުމެއް ނުވާނެއެވެ.

ތައިލެންޑަކީ ދިވެހިންވެސް ގިނަ އަދަދަކަށް ޗުއްޓީއަށް ގޮސްއުޅޭ ގައުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ