- Advertisement -ad image

ލަންކާގައި ތެޔޮ ހުރީ ފަސް ދުވަހަަށް ވާވަރަށް

ad image

ގުޅުންހުރި ލިޔުންތައް

އަވައްޓެރި ސްރީލަންކާގައި މިހާރު ހުރި ތެލުން ބޭނުންކުރެވޭނީ އެންމެ ގިނަވެގެން ފަސް ދުވަހު ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

ލަންކާގެ ކަރަންޓާ ބެހޭ ވަޒީރު ވިދާޅުވިގޮތުަގައި އެ ޤައުމުން މިހާރު އިންތިޒާރުކުރަމުންދަނީ އިންޑިޔާ ސަރުކާރުން ތެޔޮ ގަތުމަަށް ދޭން ވައުދުވެފައިވާ 500 މިލޔަން ޑޮލަރުގެ ކްރެޑިޓް ލައިން އަށެވެ.

92 މިލިޔަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ލަންކާއަށް ކުރިމަތިވެފައިވަނީ ފާއިތުވި ހަތް ގަރުނުގެ ތެރޭގައި ދިމާނުވާވަރުގެ ދަތިކަމަކާ އެވެ. ޑޮލަރުގެ އަގު ބޮޑުތަނުން ވެއްޓުމުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުން މިހާރު ތިބީ ބޭހާއި، ތެޔޮ، ކާބޯތަކެތީގެ އިތުރުން ޒަރޫރީ ގޮތުން ބޭނުންވާ ތަކެއްޗަށް ޖެހިފަ އެވެ.

ހުސްވި ހަފްތާގައި ވެސް ލަންކާގައި އެތައް މިލިޔަން މީހުންނެއް ވަނީ ތެލާއި ގޭސް ހޯދުމަށް ކިއުތަކުގައި ޖެހިފައެވެ. އެތައް ކިލޯމީޓަރަށް ދިގު މި ކިއުތަކުގައި އެތައް ވަގުތެއް ހޭދަކޮށްގެންވެސް މި ތަކެތި ނުލިބޭ މީހުން އަދިވެސް އެބަތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ