އިންޑިޔާގައި އުފައްދާ ގޮދަނުގެ އެއްވެސް ބާވަތެއް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ހަތަރު މަސްދުވަސް ވަންދެން އެތެރެ ނުކުރެވޭގޮތަށް ސަސްޕެންޑް ކޮށްފި އެވެ.
މީގެކުރިންވެސް ޔޫއޭއީއިން އެއްފަހަރުވަނީ އިންޑިޔާ ބޭންކޮށްފަ އެވެ. އޭގެފަހުން އިންޑިޔާިން ޔޫއޭއިއަށް އެތެރެކޮށްފައިވަނީ ގޮދަނުގެ ބާވަތްތައް އެކަންޏެވެ. ދުނިޔޭގައި އެންމެ ގިނައިން ގޮދަން ހައްދާ ޤައުމުން ގޮދަން އެތެރެކުރުން ޔޫއޭއިން ސަސްޕެންޑް ކުރީ އެދެ ޤައމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި އިންޑިޔާއިން ހިލާފުވުމުންނެވެ.
ޔޫއޭއީން ނެރުނު ސްޓޭޓްމަންޓްގައި ވާގޮތުން އިންޑިޔާއިން ގޮދަން އެތެރެކުރުމަަށް، އެކަމަށް ހާއްސަ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް މިގޮތާއި ހިލާފަށް އެ ޤައުމުން އަމަލުކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.